ads
ސަރުކާރުން ގަނެފައިވާ ޑްރޯން --
ޑްރޯން ތަމްރީނަށް ދިވެހި ސިފައިންގެ ޓީމެއް ތުރުކީގައި އެބަހުރި: ޑިފެންސް މިނިސްޓަރު
ޑްރޯން ތަމްރީންގައި މިވަގުތު ތުރުކީގައި ދިވެހި ވަފުދެއް އެބަ ތިބި ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
Advertisement

މި މައުލޫމާތު މިނިސްޓަރު ހާމަކޮށްފައި މިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދލަލުވުމުގައި "ސީއެންމެން" ގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ.

"ޑްރޯން ތަމްރީންގައި މިވަގުތު ތުރުކީގައި ދިވެހި ކޮންޓިންޖެންޓްއެއް އެބަ ތިބި" ގައްސާން ވިދާޅުވި އެވެ.

ޑްރޯން އުދުއްސުމެއްގެ ތަމްރީނެއްގައި ދިވެހި ސިފައިން އެއްވެސް ގައުމެއްގައި ހަރަކާތްތެރިވޭތޯ އޮޅުން ފިލުވުމަށް ކުރި ސުވާލުގެ އިތުރުން "ސީއެންއެމް" އިން ވަނީ ޑްރޯން ބެލެހެއްޓުމަށް ކިތައް ދިވެހި ސިފައިން ހަރަކާތްތެރިވޭތޯ ހޯދުމަށް ސުވާލުކުރައްވާފަ އެވެ. ނަމަވެސް ޑްރޯން ބެލެހެއްޓުމަށް ހަރަކާތެރިވާ ދިވެހި ސިފައިންގެ އަދަދު ޑިފެންސް މިނިސްޓަރު ހިއްސާކޮށްފައެއް ނުވެއެވެ.

ޔޫއޭވީ ދުއްވަން އަދި މަރާމާތުކުރަން ކޮންމެ އެސެޓެއް ކައިރީ ތިބޭ މީހުންނަކީ އޮޕްރޭޝަނަލް މައުލޫމާތެއްވީމާ، އަޅުގަނޑަށް ވަރަށް ރަނގަޅު ނޭއްސެވިއްޔާ. ގައްސާން ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް ސަރުކާރުން ތުރުކީން ގަނެފައިވާ ޑްރޯންތައް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ނިމުނު މާޗް މަހުގަ އެވެ.

ރައީސް މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވަޑައިގަތީ ތުރުކީއަށެވެ. އެގޮތުން އެގައުމުން އުފައްދާ އަސްކަރީ އުޅަނދުތައް ރައީސް ބައްލަވައި ރާއްޖެ އަށް އަސްކަރީ ޑްރޯން ހޯދުމަށް ތުރުކީގެ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހެދި އެވެ. 

އެގޮތުން އެ ދަތުރުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް މި އެޑްމިނިސްޓްރޭޝަން، ތުރުކީ އާއެކު ހެދި އެ އެއްބަސްވުމުގެދަށުން ދަށުން ގަތް ޑްރޯންތައް ރާއްޖެ ގެނެސް ޓެސްޓްކޮށް، އޮޕަރޭޓް ކުރީ ނ.މާފަރުގަ މިދިޔަ މާޗް މަހުގައެވެ. އަދި ޑްރޯން އޮޕަރޭޓް ކުރުމަށް އެމްއެންޑީއެފްގެ ހާއްސަ ޓީމެއް ވެސް ވަނީ އެއިރު އެ ރަށަށް ގޮސްފަ އެވެ. 

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ތުރުކީ އިން ގަނެގެން ރާއްޖެ ގެނައީ އަސްކަރީ ދެ ޑްރޯން އެވެ. އެކަމަކު، ކުރިމަގުގައި އިތުރު ޑްރޯން ގެންނަން ވަނީ ނިންމައިފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލްކަން މި ސަރުކާރުން ގާއިމްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުޅިން އަލަށް ވައިގެ ބާރެއް އުފައްދައި އެބާރުގައި ޔޫއޭވީ ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތު ހިމާޔަތްކޮށް ދިފާޢުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ މުހިންމު ފިޔަވަޅެއްކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް