ads
މިމަހު 9 އަދި 12 ވަނަ ދުވަހު މޯކާ ތޫފާނުގެ އަސަރު ރާއްޖެއަށް ކުރާނެ: ވިންޑީ
ނުރައްކާތެރި ތޫފާނުގެ އަސަރު ރާއްޖެއަށް ކުރާނެތަ؟
ނުރައްކާތެރި ތޫފާނެއްކަމަށްވާ "މޯކާ" އަންނަނީ ބޭ އޮފް ބެންގާލްގައި މިހާރު އުފެދެމުންނެނެވެ.
Advertisement

މި ތޫފާނު އުފެދުމުގެ ކުރިން ވެސް ބޭ އޮފް ބެންގަލުން ރާއްޖެއާއި ދެމެދުގެ މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. "މޯކާ" ގެ ނަމުން ނަންދީފައިވާ ތޫފާނު އުފެދޭނެކަމަށް މޫސުމާބެހޭ އިދާރާތަކުން ބުނެފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. 

މޯކާ ނުރައްކާތެރިވާ ސަބަބުތަކެއް އެބަހުއްޓެވެ. ސަބަބަކީ މިއީ 2023 ވަނަ އަހަރު ފެށުނުފަހުން ބޭ އޮފް ބެންގާލް އާއި ދިވެހިރާއްޖެ އޮންނަ ސަރަހައްދުގައި އުފެދޭ ސައިކްލޯން ކެޓަގަރީގެ ފުރަތަމަ ތޫފާނެވެ. 

ފާއިތުވީ ހަފްތާއަށް ބަލާއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވަނީ މޫސުން ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި މޫސުމާބެހޭ އިދާރާތަކުން ފޯކާސްޓު ކުރާގޮތުން ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހުވެސް ދިވެހިރާއްޖެއަށް މޫސުންގޯސްވެ ކަނޑުތައް ވެސް ވަރަށް ގަވާނެއެވެ. 

ސަބަބަކީ ބޭ އޮފް ބެންގާލްގައި އުފެދޭ ސައިކްލޯންގެ އަސަރު ދިވެހިރާއްޖޭގެ ބޮޑު ބަޔަކަށް ކުރާނެތީއެވެ. 

މިހެންކަމުން މިމަހުގެ 9 ވަނަ ދުވަހުން ފަށައިގެން 12 ވަނަ ދުވަހާއި ދެމެދު ދަތުރު ފަތުރުކުރުމުގައި ވެސް ސަމާލުވުން މިހިންމެވެ. އަދި ވައިގަދަވުމާ، ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުން ފަދަ ކަންކަމަށް ތައްޔާރަށް ތިބުން ބުއްދިވެރިއެވެ. 

29%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް