ads
މިރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ
ރާއްޖޭގެ ތަރައްގީގައި ބަނގުލަދޭޝް މުހިއްމު: ނައިބު ރައީސް
ބަންގްލަދޭޝްއަކީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ބައިވެރިއެއް ކަމަށާއި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން ނަކީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރާ ބައެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ބަންގްލަދޭޝްގެ މިނިވަންދުވަހާއި ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި ހުންނަ ބަންގަލަދޭޝްގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން މިރޭ ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބަންގްލަދޭޝްއަކީ ރާއްޖޭގެ ގައުމީ ތަރައްޤީއަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގާތްއެކުވެރި ގައުމެއްކަމަށާއި ދެ ގައުމުގެ ދެމެދު އޮންނަ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި އަބަދުވެސް ދެމިއޮންނާނެކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަގީންކަން ވެސް ނައިބު ރައީސް މިރޭ ދެއްވިއެވެ.

ދިވެހިރާއްޖެއާ ބަންގުދޭޝްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1978 ސެޓެމްބަރު 22 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް