
ސިއެނާ ވިއާ
އަސް އެކްސިޑެންޓެއްގައި ސިއެނާ މަރުވެއްޖެ
08 މޭ 2023 - 06:39:04
އޮސްޓްރޭލިއާގެ ރީތީގެ ރާނީ ސިއެނާ ވިއާ، އަސް ދުއްވަނިކޮށް ލިބުނު އަނިޔާއެއްގައި މަރުވެއްޖެ އެވެ.
ސިއެނާ މަރުވީ މިދިޔަ މަހު އޮސްޓްރޭލިއާގައި ބޭއްވި އަސް ދުއްވުމުގެ ހަރަކާތެއްގައި ބައިވެރިވެ އުޅެނިކޮށް އަހުން ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ.
އަހުން ވެއްޓި މީހާގެ ހަރަކާތް އެއްކޮށް ހުއްޓި މި ހުރިހާ ދުވަހު އޭނާއަށް ފަރުވާދެމުން ގެންދިޔައީ ލައިފް ސަޕޯޓްގައެވެ. ނަމަވެސް ޑޮކްޓަރުން އުއްމީދު ކަނޑާލައި އެނެމް ފަހުން އާއިލާއިންވެސް ބޭނުން ވެގެން ލައިފް ސަޕޯޓް ކަންޑާލުމުން ސިއެނާ މަރުވީއެވެ.
އުމުރުން 23 އަހަރުގެ ސިއެނާއަކީ އޮސްޓްރޭލިއާގެ ރީތީގެ ރާނީގެ އިތުރުން މިސް ޔުނިވާސްގެ ފައިނަލިސްޓެކެވެ.
17%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް