ads
ދީމާ
ކްރޮއޭޝިއާ މުބާރާތުން ދީމާއަށް އެއްވަނަ
ކްރޮއޭޝިއާގެ ވެރިރަށް ޒާގްރެބްގައި ރޭ ނިމިގެން ދިޔަ، އޮޕްޓިޖާ އޯޕަން ޖޫނިއާ ޓީޓީ މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ހޯދައިފި އެވެ.
Advertisement

އޮޕްޓިޖާ އޯޕަން ޖޫނިއާ ޓީޓީ މުބާރާތުގެ ޖޫނިއާ ބައިން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ޗެމްޕިއަންކަން ހޯދި އިރު، ސީނިއާ ބައިން އައިޝަތު ރަފާ ނާޒިމްވަނީ ދެ ވަނަ މަގާމު ހޯދާފައެވެ. މި މުބާރާތުގައި ވާދަކުރި ދިވެހި ފިރިހެން ކުޅުންތެރިން ވެސް ގުރޫޕް ސްޓޭޖު ފަހަނައަޅައި ދިޔަ އެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ މުންސިފް އަހުމަދާއި ގައުމީ ޗެމްޕިއަން މުހައްމަދު ޝައްފާން އިސްމާއީލް އާއި އަޚްޔާރު އަހުމަދު ހާލިދު ވަނީ ވާދަ ކުރި ކެޓަގަރީތަކުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ.

ކްރޮއޭޝިއާގެ ކޭމްޕްގައި ހިމެނޭ ޒުވާން ކުޅުންތެރިން އަންނަ ހަފުތާގައި ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތުގައި ވާދަކުރަން އިންޑިއާ އަށް ދާނެ އެވެ. އިންޑިއާގެ އަރްނާޗަލް ޕްރަދޭޝްގެ ވެރިރަށް އިޓާނަގަރްގައި ބާއްވާ މުބާރާތުގައި ދީމާ އާއި އަހްޔާރު އަދި ޒީކް އާއި ތާބިން ޝުޖާއުގެ އިތުރުން އިންޑިއާގައި ޓްރޭނިން ހަދަމުން އަންނަ މިޝްކާ މުހައްމަދު އާމިރު އާއި މަލާކް މުއިއްޒު ވެސް ވާދަ ކުރާނެ އެވެ.

އޯގަސްޓް މަހު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީޓީ ޓީމުގެ ގިނަ ކުޅުންތެރިންގެ ތަމްރީންތައް ކުރިއަށް ގެންދަނީ ކްރޮއޭޝިއާގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް