
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާތީ އަޑު އުފުލަނީ
ގްރޭޑް 8 ގެ ދަރިވަރަކަށް ގިނަ ބަޔަކު ޖިންސީގޯނާ ކޮށްފި
08 މޭ 2023 - 13:48:04
އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ގިނަ އަދަދެއްގެ ފިރިހެނުން ޖިންސީގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މި މައްސަލާގައި އަނިޔާ ލިބިފައިވަނީ ސްކޫލްގެ ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރަކަށެވެ. ފުލުހުން މިހާރު ގެންދަނީ މިމައްސަލަ ބަލަމުންނެއެވެ.
މައްސަލަ ފެންމަތިވުމާއި އެކު ޖެންޑާ މިނިސްޓްރީ ވަނީ އަންހެން ކުއްޖާ މޭލެ ގެނެސްވަނީ ރައްކާތެރިކަން ފޯރުކޮށްދީފަ އެވެ.
މި އަންހެން ކުއްޖާއަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތު 19 މީހަކަށް ކުރެވޭއިރު މިމައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަން އަދި ސާފެއް ނުވެއެވެ.
6%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
58%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް