ޖޫން މަހު އިންޑިޔާގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުވައިތު ބައިވެރިވާނެ ކަން ސާފުން ކުރިންވަނީ އިއުލާންކޮށްފައެވެ. އެހެންކަމުން ސާކުގެ ހަ ގައުމުގެ އިތުރުން ދެން މި ފަހަރުގެ ސާފުގައި ކުޅޭނީ ލުބުނާނާ ކުވައިތެއެވެ.
ޖޫން މަހު އިންޑިޔާގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ލުބާނާނާ ކުވައިތު ވާދަކުރާނެކަން މިހާރު ކަށަވަރުވެފައިވާއިރު މުބާރާތުގެ ގުރުއަތު ނެގުން އަންނަ ހަފުތާގެ ފަހުކޮޅު އޮންނާނެއެވެ.
އަންނަ ޖޫން މަހުގެ ފަހުކޮޅު، ބެންގަލޫރުގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު ސަރަހައްދުން ބޭރުގެ ޓީމެއް މުބާރާތުގައި ބައިވެރިކުރުވުމަކީ އިންޑިޔާގެ ވިސްނުމެކެވެ. އެކަން ރަސްމީކޮށް އިންޑިޔާއިންވަނީ ހާމަވެސް ކޮށްފައެވެ.
ބެންގަލޫރުގައި އަންނަ ޖޫން މަހު ފަހުކޮޅު އޮންނަ ސާފު ޗެމްޕިއަންޝިޕުގައި ސާކުގެ ހަތް ގައުމުގެ ތެރެއިން ނުކުޅޭނީ ލަންކާއެވެ. އެއީ ފީފާއިން ލަންކާ ސަސްޕެންޑްކޮށްފައިވާތީއެވެ.