ads
މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި
ފާއިތުވީ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް: މެޓް
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 136.5 މިލިމީޓަރުގެ ވާރޭ ވެހިއްޖެ އެވެ.
Advertisement

ފާއިތުވީ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް ކަމަށް ވެސް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން ބުނެފި އެވެ.

މޫސުން ގޯސްވުމާ ގުޅިގެން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވައިޓް އެލާޓާއި ޔެލޯ އެލާޓު ވެސް މިއަދު  ނެރުނެވެ.

މެޓް އޮފީހުން ބުނީ ވައިގެ ބާރުމިން ގަޑިއަކު 18 މޭލާއި 24 މޭލާ ދެމެދުގައި ހުންނާނެ ކަމަށެވެ. އަދި ވިއްސާރައިގެ ތެރޭގައި ވައިގެ ބާރުމިން ގަޑިއަކު 45 މޭލަށް ގަދަވާނެ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށެވެ. އުތުރުގައި ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ހުންނައިރު، މެދު ރާއްޖެތެރެ އާއި ދެކުނުގައި ފަސް ފޫޓާއި އަށް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މީގެ އިތުރުން ށ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ޔެލޯ އެލާޓެއްވެސް ނެރެފައިވެ އެވެ. މި އެލާޓް ދެމިއޮންނާނީ 21 ޑިސެމްބަރުގެ ފަތިހު 4:45 އިން ހެނދުނު 8:45 އަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށާއި ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.

  • މާލެއަށް 136.5 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ
  • ހއ. އިން ތ. އަށް ވައިޓް އެލާޓް ނެރެފައިވޭ
  • ވައިގެ ބާރުމިން ގަޑިއަކު 45 މޭލަށް އަރާނެ
  • ރާޅުގެ އުސްމިން ދެކުނުގައި 8 ފޫޓަށް އަރާނެ
  • ށ. އިން ވ. އަށް ޔެލޯ އެލާޓް ވެސް މިއަދު ނެރުނު
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް