ads
ތިލަމާލެ ބްރިޖު މަޝްރޫއުގެ ތެރެއިން——ފޮޓޯ: ސީއެންއެމް
ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރާނަމަ ލައިސަންސް ހިފަހައްޓާނެ: ޓްރާންސްޕޯޓް
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ މާލެ، ވިލިމާލެ އަދި ވިލިމާލެ، ގުޅިފަޅުގެ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުން މަނާކޮށްފައި އޮތް ނަމަވެސް އެތަންތަނުން އަދިވެސް ދަތުރުކުރާތީ މީގެފަހުން އެ ކަނޑުއޮޅިތަކުން ދަތުރުކުރާ ފަރާތްތަކުގެ ލައިސަންސް ހިފަހައްޓާނެކަމުގެ އިންޒާރު މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން ދީފިއެވެ.

ބްރިޖްގެ މަސައްކަތް ފެށުމަށް މިދިޔަ އަހަރުގެ އޮގަސްޓް 15 އިން ފެށިގެން ވަނީ އެ ސަރަހައްދުތަކުން ދަތުރުކުރުން މަނާކޮށްފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ މިހާރަކަށް އައިސް ގިނަ އުޅަނދުތަކެއް އެ ކަނޑުއޮޅި ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށާއި އެހެންކަމުން މީގެ ފަހުން އެސަރަހައްދުތަކުން ދަތުރުކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ.

އެމިނިސްޓްރީން ބުނީ މި އެންގުމާއި ހިލާފަށް އެސަރަހައްދުން ދަތުރުކުރާ މީހުންގެ ލައިސަންސް އެއް މަސް ދުވަހަށް ހިފަހައްޓާނެކަމަށެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އެޅުމަށް އެފްކޮންސްއާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރީ 26 އޯގަސްޓް 2021 ގައިއެވެ. 

މި ޕްރޮޖެކްޓަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދޭ 100 މިލިއަން ޑޮލަރާއި، އެގައުމުގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އެކު ޖުމްލަ 500 މިލިއަންޑިލަރުގެ ޕްރޮޖެކްޓެވެ. އަންނަ ޑިސެމްބަރުމަހަށް ވިލިމާލެ އާއި ހަމައަށް ބްރިޖްގެ މަސައްކަތް ނިންމުމަށް ޕްލޭންކުރެވިފާއިރު، ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރަށްކަމަށް ޕްލޭނިންގް މިނިސްޓްރީ އިން ވަނީ ލަފާކޮށްފައިއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް