މިއަދު ހަވީރު ލީގު ފެށުނު އިރު ފުރަތަމަ މެޗުން ޓީސީ މޮޅުވީ ޒުވާން ސްކޮޑަކާ އެކު މި ސީޒަނަށް ކުރިމަތިލި ކްލަބް ވެލެންސިއާ ވާދަކޮށް ދެ ލަނޑު ސުން ލަނޑުންނެވެ.
މެޗުގައި ޓީސީން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ ކުރީކޮޅު ޖެހީ މުހައްމަދު މުސްލިހު އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީގެ ދެވަނަ ލަނޑު ޖެހީ އަހުމަދު މާއިޝް ރަޝީދު އެވެ.
ލީގުގައި ވެލެންސިޔާއިން ދެން ކުޅެން ޖެހޭ މެޗުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭނީ ކްލަބު އީގަލްސްއާއެވެ. އަދި ޓީސީގެ ދެވަނަ މެޗުގައި އެ ޓީމު އަންނަ ހަފްތާގައި ނުކުންނާނީ ބުރު ސްޕޯޓްސްއާ ދެކޮޅަށެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ކްލަބް އީގަލްސް ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.