ads
އައިޝްވާރިއާ އަދި ސަލްމާން ހާން
އެންމެ ފަހުން އައިޝްވާރިއާ އަށް ސަލްމާން ހާން ބަލިކުރެވިއްޖެ
ކުރީގެ ދެ ލޯބިވެރިން ކަމުގައިވާ ބޮލީވުޑުގެ ސުޕަ ސްޓާރުން ކަމުގައިވާ އައިޝްވާރިއާ އާއި ސަލްމާން ހާންގެ ފިލްމެއް އެއް ދުވަސްވަރެއްގައި ނެރިފައިވާއިރު، ބޮކްސް އޮފީހުގައި ސަލްމާން ހާންގެ މައްޗަށް އައިޝްވާރިއާ ކުރި ހޯދައިފިއެވެ.
Advertisement

މި ދެ ތަރިންގެ ވާހަކަ މި ދުވަސްވަރު މީޑިއާތަކުގައި ހޫނުވެފައިވާއިރު، ސަލްމާން ހާން އާއި ރުޅިވި ފަހުން އައިޝްވާރިއާ ވަނީ ސަލްމާން ހާންއާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ވެސް ދެކޮޅު ހަދާފައެވެ. އަދި މި ދެތަރިން އެކަކު އަނެކަކާ ވާހަކަ ނުދައްކާތާ ވެސް 20 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެއެވެ. 

ސަލްމާން ހާން އާއި ރުޅިވުމަށްފަހު އައިޝްވާރިއާ ކައިވެނި ކުރީ މަޝްހޫރު މެގަ ސްޓާ އަމީތާބް ބަޗަންގެ ދަރިފުޅު، އަބީޝޭކް ބަޗަންއާއެވެ. އެ ދެމީހުންގެ ކައިވެންޏަށް ވަނީ ދަރިއެއްވެސް ލިބިފައެވެ. ނަމަވެސް ބައެއް ރިޕޯޓުތައް ބުނާގޮތުން ސަލްމާން އަދިވެސް އިންތިޒާރު ކުރަނީ ދުނިޔޭގެ ރީތީގެ ރާނީކަން ވެސް ހޯދާފައިވާ އައިޝްވާރިއާ އެނބުރި އަންނާނެ ދުވަހަކަށެވެ. މިހެންކަމުން މި ދެ ތަރިންނާއި، ތަރިންގެ ފޭނުންގެ މެދުގައި ޒުވާބާއި އަރާރުން ވެސް ވަރަށް ބޮޑެވެ. 

ތަމަޅަ ފިލްމު "ޕޮންނީން ސެލްވާން 1" އަދި އެ ފިލްމުގެ 2 ވަނަ ބައި ގައި ނަންދާނީގެ ރޯލުން އައިޝްވާރިޔާ ރާއި ބައްޗަން ދައްކާފައިވަނީ މޮޅު އެކްޓިންއެކެވެ. 

އައިޝްވާރިއާގެ "ޕޮނީ ސެލްވާން 2" ތިއޭޓަރުތަކުގައި އަޅުވާފައިވާއިރު، އެ ފިލްމު އަންނަނީ އިތުރު އޯޓީޓީ ޕްލެޓްފޯމްތަކަށް ވެސް ދޫކޮށްލަން ތައްޔާރުވަމުންނެވެ. 

މަނީ ރަޓްނަމް ލީޑް ރޯލުން ފެނިގެންދާ ފިލްމަކީ ތާރީހީ ފިލްމެއްގެ ގޮތުގައި ތައުރީފު ކުރާ ފިލްމެކެވެ. 

މުޅި ދުނިޔެއިން މި ފިލްމު ވަނީ ގާތްގަނޑަކަށް 285 ކްރޯޑް ރުޕީސް ހޯދައިފައެވެ. ވަރަށް އަވަހަށް 300 ކްރޯޑްގެ މާކް ހުރަސް ކުރާނެއެވެ. ރިލީޒްކުރި ދުވަހު ބޮޑު އޮޕަނިންގއެއް ލިބި ގާތްގަނޑަކަށް 24 ކްރޯޑް ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާން ހާންގެ ހިންދީ ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން" އަށް ވުރެ އައިޝްވާރިއާގެ ފިލްމު މިވަނީ ކުރި ހޯދައިދީފައެވެ. ސަލްމާންގެ ފިލްމަން މިހާތަނަށް ލިބިފައިވަނީ އެންމެ 108 ކަރޯޑު ރުޕީޒް އެވެ. 

"ޕޮނީ ސެލްވާން 2"  ފެށެނީ ފުރާވަރުގެ އުމުރުގައި ނަންދާނީ އާއި އަދީތުޔާ ކަރިކަލާން އާއި އޮންނަ ގުޅުން ދައްކުވައިދޭ ބެކްސްޓޯރީއަކުންނެވެ.

މާނީ ރަތްނަމް ވަނީ ފިލްމުތަކުގައި އައިޝްވާރިއާ ދައްކުވައިދީފައިވާ މޮޅު އެކްޓިންއަށް ތައުރީފުކޮށްފައެވެ.  

އައިޝްވާރިއާގެ ސަޕޯޓަރުން މިހާރު ތިބީ ފިލްމު އޯޓީޓީގައި ރިލީޒް ކުރާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

23%
ކަމުގޮސްފި
77%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް