މިކަން ހިނގާފައިވަނީ އާދިއްތަ ދުވަހު ކަރީނާ އޭނާގެ ފިރިމީހާ ސައިފް އަލީ ހާން އާއެކު ރެސްޓޯރަންޓަކަށް ކާން ދިޔަ ވަގުތުއެވެ.
ކަރީނާ ކާރުން ފޭބުމާއެކު ސަލާންޖަހަން މަގުމަތީގައި އުޅޭ އަންހެނަކު ވަނީ ކަރީނާއާއި ކައިވެ އޭނާއާއި ސަލާން ކުރަން އެދިފައެވެ. ނަމަވެސް ކަރީނާ އޭނާއާ ސަލާންކުރަން ދެކޮޅު ހަދާ މަންޒަރު ވީޑިއޯއުން ފެނެއެވެ. އަދި އޭނާގެ ގާޑުން ވަނީ ސަލާންޖަހާ އަންހެން މީހާ ދުރުކޮށްފައެވެ.
މި ހަބަރާއެކު ހީރަސްކުރެވިފައިވާ ވީޑިއޯއިން އެ މަންޒަރު ފެނިލައްވާނެއެވެ.