ads
މި އަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު - ފޮޓޯ:ދިރާގު
ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
މި އަހަރުގެ އެފްއެޗްއޭއެމް ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އިންޓަނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ ދިވެހި އެކްސްޕޯ ސާވިސަސް އާއި ބޭރުގެ ސީޑީސީ އިވެންޓްސްއިން ރާވާ އިންތިޒާމްކޮށްގެން ބާއްވާ މި އެގްޒިބިޝަން ކުރިއަށް ދާނީ މާދަމާގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކަމަށެވެ. 

މި އިންޓަނޭޝަނަލް އެގްޒިބިޝަންގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭ ތަފާތު ގިނަ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލާނެ ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނެފައިވަނީ މި އެގްޒިބިޝަންއަކީ ގިނަ ރިސޯޓު، ހޮޓާ، ގެސްޓް ހައުސް، ރެސްޓޯރެންޓް އަދި ކެފެޓީރިއާތައް ހިންގާ ފަރާތްތަކާއި ހިއްސާދާރުންގެ ސަމާލުކަން ލިބިގެންދާ ހަރަކާތެއް ކަމަށެވެ.

އެފްއެޗްއޭއެމްގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖަކީ 75 އަށް ވުރެ ގިނަ ރިސޯޓުން 600 އަށް ވުރެ ގިނަ ޝެފުން ގެ ބައިވެރިވުމާ އެކު ބާއްވާ މުބާރާތެއް ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނި ގޮތުގައި ޗެފް ގިލްޑް އޮފް ލަންކާ އާއި ޗެފް ގިލްޑް އޮފް މޯލްޑިވްސްއިން ގުޅިގެން ބާއްވާ މި އިވެންޓަކީ ރާއްޖޭގެ ކަލިނަރީ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް މުބާރާތް ކަމުގައެވެ.

ރާއްޖޭގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ގޮތުން ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ މި ދާއިރާ ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުން ދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް