ads
ބުރު- އީގަލްސް މެޗުގެ ތެރެއިން
ބުރު އަތުން ދެވަނަ ފަހަރުވެސް އީގަލްސް މޮޅުވެއްޖެ
ދިވެހި ޕްރިމިއާ ލީގުގައި ފަހަތުން އަރައި ބުރު ސްޕޯޓްސް ބަލިކޮށް އީގަލްސްއިން ސީޒަންގައި ދެވަނަ ފަހަރަށް ބުރުގެ މައްޗަށް ކުރި ހޯދައިފިއެވެ.
Advertisement

ލީގުގައި ހޯމަ ދުވަހުގެ ރޭ ބުރާ އީގަލްސް ކުޅުނު މެޗުން އީގަލްސް މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ. އީގަލްސްއިން ލަނޑުތައް ޖެހީ ބުރު ކުރިން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށެވެ. 

މި ދެ ޓީމު ޕްރެޒިޑެންޓްސް ކަޕުގެ ސެމީގައި ކުޅުނު މެޗުންވެސް މޮޅުވީ އީގަލްސްއެވެ. އެހެންކަމުން މިއީ ސީޒަންގައި ބުރުގެ މައްޗަށް އީގަލްސްއިން ކުރި ހޯދި ދެވަނަ ފަހަރެވެ.

މި މެޗުގައި ބުރު ސްޕޯޓްސްއިން ލީޑު ނަގާފައިވަނީ 16 ވަނަ މިނެޓުގައެވެ. މިއީ އީގަލްސްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އީގަލްސްގެ ލަނޑުތައް ޖެހީ ރިޒްވާން އަދި ފޭދޫ އިއްބެއެވެ. ރިޒްވާން ދެ ލަނޑު ޖެހިއެވެ.

އީގަލްސް ލީގުގައި ދެން ކުޅޭނީ ވެލެންސިޔާއާއެވެ. ވެލެންސިޔާވަނީ ފުރަތަމަ މެޗުގައި ޓީސީ އަތުން ބަލިވެފައެވެ. ބުރު ދެން ލީގުގައި ކުޅޭނީ ޓީސީއާ ދެކޮޅަށެވެ. ޓީސީ ފުރަތަމަ މެޗުގައި ވެލެންސިޔާ އަތުން މޮޅުވެފައިވާއިރު ޕްރެޒިޑެންޓްސް ކަޕުގައި ޓީސީވަނީ ބުރު ބަލިކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް