ads
ކޭޕާކްގެ އިންވެސްޓަރު ޖިން ޝިހޫ އަދި މަންޑޭ
ކޭ ޕާކް މައްސަލާގައި މިފަހަރު ވަގު ތުހުމަތު އިންވެސްޓަރަށް
ހަންބޯ ކުންފުނިން ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތަކުގެ މައްސަލާގައި އެކުންފުނީގެ އިންވެސްޓަރު އަދި މައި ހިއްސާދާރު ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ، މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)އަށް ވަގު ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، މައި ހިއްސާދާރަށް ވައްކަމުގެ ތުހުމަތުކޮށް މަންޑޭ ބަޔާނެއް ނެރެފިއެވެ.
Advertisement

މިމައްސަލާގައި ފުލުހުން މަންޑޭގެ ޕާސްޕޯޓްވެސް ހިފަހައްޓަފައި ވަނިކޮށް، މައްސަލައާއި ގުޅޭގޮތުން މަންޑޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކޭ ޕާކް މައްސަލާގައި އޮޅުވާލައިގެން ވަގަށް ފްލެޓް ވިއްކީ މައި ހިއްސާދާރު ކަމަށާއި، އޭނާ އުޅުނީ އެ ފައިސާތައް ހިފައިގެން ފިލަން ކަމަށެވެ.

ކޭޕާކް ތަރައްގީކުރާ ހަންބޯ ކުންފުނީގައި އޮންނަނީ ޖިން ޝިހޫގެ 95 އިންސައްތަ ހިއްސާއާއި، ހަސަން މަމްދޫހު (މަންޑޭ)ގެ ފަހެއް އިންސައްތަ ހިއްސާއެވެ. 

މަންޑޭގެ ނޫސް ބަޔާނުގައި ބުނެފައިވަނީ އޭނާގެ ބޮލުގައި ވަގު ބަދުނާމު އަޅުވާފައިވަނީ ވަރަށް ބޮޑަށް ރާވައިގެން ހިންގި ކަންތައްގަނޑެއްގެ ތެރެއިން މައި ހިއްސާދާރު އަޑީގައި ހުރެގެން ކަމަށެވެ.

މަންޑޭ ބުނިގޮތުން ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހުނީ އެކައުންޓެންޓުންނާ ގުޅިގެން ކޭޕާކްގެ ފްލެޓްތައް ވިއްކައި ލިބޭ ފައިސާ ހިފައިގެން ރާއްޖެ އިން ފިލުމަށް  މައި ހިއްސާދާރު ކުރި މަސައްކަތަށް އެއްބަސްނުވުމުން ނެވެ. 

އަދި އެޕާޓްމަންޓް ތަކުގައި ބިއްލޫރި ޖެހުމުގެ މަސައްކަތް ހަވާލުކުރި ދިވެއްސަކާ ގުޅިގެން ވެސް ޖިން ޝިހޫ އޮޅުވާލުންތަކެއް ހިންގި ކަމަށްވެސް މަންޑޭ ބުނެފައި ވެއެވެ. މަންޑޭ ބުނީ އޭނާގެ ބޮލުގައި އަޅުވާފައިވަނީ ދޮގު އިލްޒާމުތަކެއް ކަމަށެވެ.

މަންޑޭބުނީ ބިއްލޫރި ޖަހަން ހަވާލުކުރި މީހާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށް އޭނާ ބޭރުކޮށްލުމަށް މަސައްކަތްވެސް ކުރިކަމަށެވެ.

ދެ ޑައިރެކްޓަރުން ތިބި ބޯޑަކަށް ތިން ޑައިރެކްޓަރުން އައްޔަންކޮށް ކޯރަމް ދެ ޑައިރެކްޓަރުންގެ މައްޗަށް ބަދަލުކުރުމަށް ހުށަހެޅުމުން ޖިން ޝިހޫގެ ހަގީގީ މަގުސަދަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގި ހާމަވެގެން ދާކަމަށާއި އެހެން ނަމަވެސް، ޑޮކިއުމެންޓްގައި ސޮއިކުރުމަށް އިންކާރުކޮށް، ދެކޮޅު ހެދުމުން އެ މީހުންގެ އަމާޒަކަށްވީ މަންޑޭގެ އަބުރު ކަތިލާ ނުބައި ރޭވުމެއްގެ ދަށުން ހަންބޯ މޯލްޑިވްސް އިން އޭނާ ބޭރުކޮށްލުމަށް ފަހު ލާރިކޮޅު ހިފައިގެން ފިލުން ކަމަށް މަންޑޭގެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން ޖިން ޝިހޫ އަށް ކުންފުނީގެ 95 ޕަސެންޓް ހިއްސާ ދިނީ މަންޑޭ އާއި އެ ކުންފުނީގެ ކުރީގެ އެހެން ހިއްސާދާރުން އޭނާގެ މައްޗަށް ޝަރުތުތަކެއް ކޮށްފައިކަމަށާއި އޭގެ ތެރޭގައި މަންޑޭ އާއި ކުރީގެ ހިއްސާދާރުންނަށް ދޭން ޖެހޭ ފައިސާ ވެސް ހިމެނޭ ކަމަށާއި އެކަމަކު މިހާތަނަށް އެ ފައިސާ ނުލިބޭކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ކޭޕާކު ފްލެޓްތައް ހަދާފައި ވަނީ އެތަން ވިއްކައިގެން ލިބުނު ފައިސާއިން ކަމަށާއި ޖިން ޝިހޫގެ އަތުން އެއްވެސް ހަރަދެއް އެކަމަށް ކޮށްފައި ނުވާކަމަށާއި އެ ޕްރޮޖެކްޓުގެ އެއްވެސް މަސައްކަތަކަށް ޖިން ޝިހޫގެ އެއްބާރުލުން ނުލިބޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ހާންބޯ ކުންފުނިން މީގެ ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭންގި މަންޑޭ އަމިއްލައަށް ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާކަމަށެވެ.

މަންޑޭ އެޕާޓްމަންޓްތައް ވިއްކާފައިވަނީވެސް ނުއަގުގައިކަމަށާއި އެކަން ނުއަގުގައި ކަމަށާއި އޭނާ އެކަންކުރީ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ޖައިޝަން ސައީދު ކިޔާ މީހަކަށް ދީފައިވާ ކަމަށްބުނާ އެ ކުންފުނީގެ ގަރާރެއް ބޭނުންކޮށްގެން ލަމަށްވެސް ހަންބޯ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ގިނަ ބައެއްގެ އަތުން ފައިސާ ދެއްކުމަށް މަންޑޭ އެދިފައި ވަނީ ނަގުދު ފައިސާ އިން ކަމަށް ކަސްޓަމަރުން ބުނެފައިވާކަމަށާއި ފައިސާ ހޯދުމަށް ސީދާ މުއާމަލާތް ކޮށްފައި ވަނީ މަންޑޭ އާއި ޖައިޝަން ސައީދުކަމަށްވެސް ހަންބޯ ކުންފުނީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ހަންބޯ ކުންފުނީގެ އެކައުންޓް ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާއިރު ބައެއް ކަސްޓަމަރުންގެ އަތުން މަންޑޭ ފައިސާ ހޯދާފައި ވަނީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށްކަމަށްވެސް އެބަޔާނުގައި ވެއެވެ.

ބީއެމްއެލްގައި އެކައުންޓް ހުޅުވާފައި ވަނީ އެމްޑީ ޗައިނާގައި ހުރި ވަކީލަކުލައްވާ އޭނާގެ ޕާސްޕޯޓް ކޮޕީއެއްގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިގެންކަމަށާއި އެކަން އެނގި ބީއެމްއެލްއަށް އެނގިއިރު އެކައުންޓުގައި ހުރި ފައިސާވެސް ނަގާފައިވާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ހަންބޯ ކުންފުނިން ބުނީ މަންޑޭ ވިއްކި އެޕާޓްމަންޓްގެ އަގުގެ ބަދަލުގައި ކާރާއި އެ ނޫން ވެސް ތަކެތި އެތައް ބައެއްގެ އަތުން ނަގާފައިވާކަމަށާއި އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކާފައިވާ ކަމަށެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް