ads
މޮރީނިއޯ
ޕީއެސްޖީން މޮރީނިއޯއަށް ޝައުގުވެރިވޭ
އޭއެސް ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ހޯދަން ފްރާންސްގެ ޕީއެސްޖީން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފްރާންސްގެ ޕީއެސްޖީގެ ޓީމުން ސީޒަން ނިމުމުން އެ ޓީމުގެ އޮޕްޝަންތައް ވަޒަންކުރާނެއެވެ. އެ ޓީމުގެ އޮފިޝަލުންގެ ފަރާތުން މޮރީނިއޯގެ އޭޖެންޓާ މިހާރު ވާހަކަ ދައްކާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ވަކިން ހާއްސަކޮށް ރޯމާގެ ކޯޗުގެ މަގާމުގައި މޮރީނިއޯގެ މުސްތަގުބަލާ މެދު ޔަގީންކަމެއް ނެތުމުން ޕީއެސްޖީގެ ޝައުގު ހުރުމުން އެކަމުގެ ފުރުސަތުތައް ފަހި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕީއެސްޖީން މޮރީނިއޯއަށް ޝައުގުވެރިކަން ފާޅުކުރިއިރު، ޕޯޗުގަލްގެ ހޯސޭ މޮރީނިއޯއަށް ސައުދީ އަރަބިއްޔާގެ ކޯޗަކަށް އައުމަށް 100 މިލިއަން ޕައުންޑަށްވުރެ ބޮޑު މުސާރައެއް މި ފަހުންވަނީ ހުށަހަޅާފައެވެ. ސައުދީގެ ގައުމީ ޓީމުގެ ކޯޗުކަން މޮރީނިއޯއަށް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ހުށަހެޅުމާ ގުޅޭ ސީރިއަސް މަޝްވަރާތަކަށް ސައުދީގެ "އިސް ފަރާތް" ތަކުންވަނީ ހުށަހަޅާފައެވެ. ސައުދީގެ މި ހުށަހެޅުން ގަބޫލުކޮށް ސައުދީގެ ގައުމީ ޓީމާ މޮރީނިއޯ ހަވާލުވެއްޖެނަމަ އޭނާ ވެގެންދާނީ އެންމެ އަގުބޮޑު ކޯޗަށެވެ.

2021 ވަނަ އަހަރު ރޯމާއާ ހަވާލުވި މޮރީނިއޯގެ ރޯމާގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ.

މޮރީނިއޯވަނީ މީގެ ކުރިން ދުނިޔޭގެ އެންމެ ބޮޑެތި ކްލަބުތަކަށް ކޯޗުކޮށްދީ ކާމިޔާބީތައް ހޯދައިދީފައެވެ. ރިއާލް މެޑްރިޑް، މެންޗެސްޓަރ ޔުނައިޓެޑް އަދި ޗެލްސީއާއެކު މޮރީނިއޯ ކާމިޔާބު ހޯދާފައިވެއެވެ. 

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް