މި ސަމިޓް ކުރިއަށް ދާނީ މާދަމާއާއި އަނެއް ދުވަހާ ދެދުވަހު އެވެ.
މިއީ އެފްރިކާ ވިމެން ސަމިޓް އޮގަނައިޒޭޝަންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިނިސްޓަރު ސައުތު އެފްރިކާއަށް ވަޑައިގަތުމަށް ކުރައްވާ ދަތުރު ހަރަދު ފިޔަވައި އެހެން ހުރިހާ ހަރަދެއް ހަމަޖައްސާނީ ސަމިޓު އިންތިޒާމްކުރާ އޯގަނައިޒޭޝަނުގެ ފަރާތުންނެވެ.
މާރިޔާ ދީދީ ވަނީ ސަމިޓުގެ ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ތަޤްރީރުކުރައްވާ ގޮތަށް ހަމަޖެހިފައެވެ.