ads
ގްރީން - ސަސްގެ މެޗުގެ ތެރެއިން
ފުރަތަމަ މެޗުން ގްރީންއަށް ބޮޑު ބައްޔެއް
ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް ބޮޑު ތަފާތަކުން ބަލިކޮށް، ސުޕަ ޔުނައިޓޭޑް ސްޕޯޓްސް އިން މޮޅަކުން ލީގު ފަށައިފިއެވެ.

ސުޕަ ޔުނައިޓެޑާ ގްރީން ރޭ ކުޅުނު މެޗުން ސުޕަ ޔުނައިޓެޑް – ސަސް މޮޅުވީ ފަސް ލަނޑު އެއް ލަނޑުންނެވެ.

ރޭ ކުޅުނު މެޗުގައި ސަސް އިން ލީޑު ނެގީ 17 ވަނަ މިނިޓުގައި ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) އެވެ. ދެވަނަ ގޯލަކީ 31 އަހުމަދު އައިހަމް (ފަތޯ) ޖަހައިދިން ގޯލެކެވެ. ތިންވަނަ ގޯލު ޖަހައިދިނީ އަލީ ނަސޫހު ރަޝީދު (ޕިލާ) އެވެ.

ސަސްގެ ހަތަރުވަނަ ގޯލު މެޗުގެ 54 ވަނަ މިނިޓުގައި ޖަހައިދިނީ، ފުރަތަމަ ގޯލު ވެސް ޖަހައިދިން ޕީކޭ އެވެ. އަދި ފަސްވަނަ ގޯލު ޖަހައިދިނީ ޑިފެންޑަރު އަހުނަފް ރަޝީދު (އަހުއްކޮ) އެވެ.

ގްރީން އިން ސުން ކަނޑުވައިލީ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަބްދުﷲ އަނޫސް އެވެ.

ގްރީންއިން ލީގުގައި ދެން ކުޅޭ މެޗުގައި ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށެވެ. ސަސްގެ ދެން އޮންނަ މެޗަކީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅޭ މެޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް