އަންހެން ކުދިންގެ އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑެރޭޝަން ޓްރޮފީ އޮންނާނީ މި މަހުގެ 13-17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އެވެ. މުބާރާތުގައި ރާއްޖެއާ އެކު އަށް ގައުމަކުން ވާދަކުރާނެ އެވެ. އެއީ ނޭޕާލް، ސްރީ ލަންކާ، އިންޑިއާ، ބޫޓާން، ބަންގްލަދޭޝް، އަފްގާނިސްތާން އަދި ޔަމަން އެވެ.
ހޭންޑްބޯލް ޓީމާ މިނިސްޓަރު ޖޯޒީ ހަވާލުކޮށްދެއްވީ އަންގާރަ ދުވަހުއެވެ.
ކޮންމެ ގައުމަކުން ވެސް 17 އަހަރުން ދަށުގެ އަންހެން ޔޫތު ޓީމަކާއި 19 އަހަރުން ދަށުގެ އަންހެން ޖޫނިއާ ޓީމެއް ވާދަކުރާނެ އެވެ.
ރާއްޖޭގެ ގައުމީ ޔޫތު ޓީމު ތައްޔާރުވަމުން އަންނަނީ ކޯޗު ހަސަން ފަހީމްގެ އިރުޝާދުގެ ދަށުންނެވެ. ގައުމީ އަންހެން ޖޫނިއާ ޓީމްގެ ކޯޗަކީ އިސްމާއިލް ޒައިދު އެވެ.