ads
ޕީސީބީން އެސްއޯއީ ކޮމެޓީއަށް މައުލޫމާތު ދިނުމަށް މީގެ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމެއް.
ޕީސީބީއަށް ޝިރުވީން އައްޔަން ކުރަން އާންމުންގެ ހިޔާލު ހޯދަނީ
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓް ބޯޑު (ޕީސީބީ) ގެ މެންބަރުކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފައިވާ ފާތިމަތު ޝިރުވީންއާއި މެދު އާންމުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޕީސީބީއަށް ޝިރުވީން އައްޔަން ކުރައްވާފައިވަނީ އޭޕްރީލް 24، 2023 ގަ އެވެ.

ޕީސީބީއަށް އައްޔަން ކުރެއްވުމަށްފަހު ޝިރުވީނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ފޮނުވައިފައިވަނީ އޭޕްރީލް 27، 2023 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. 

މަޖިލީހުގެ އިދާރާއިން ބުނީ ޝިރުވީންއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއްވާނަމަ މޭ 16 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން އެ ޝަކުވާއެއް ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައި ކަމަށެވެ. 

ޕީސީބީއަށް އައްޔަން ކުރެއްވުމުގެ ކުރިން ޝިރުވީން މަސައްކަތް ކުރައްވަމުން ގެންދެވީ ދިވެހި ރާއްޖޭގެ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގަ އެވެ. މީގެ އިތުރުން މިވަގުތުވެސް ޝިރުވީން ހުންނެވީ ފެމެލީ ލީގަލް ކްލިނިކްގެ އެގްޒެކެޓިވް ކޮމިޓީ މެންބަރެއްގެ ގޮތުގަ އެވެ. 

އަލްއުސްތާޒާ ފާތިމަތު ޝިރުވީން އަކީ އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވާސިޓީން މާސްޓާސް އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭކަނބަލެކެވެ.

ޕީސީބީގެ މެންބަރުކަމަށް ޝިރުވީން އައްޔަން ކުރައްވާފައިވަނީވެސް ގާނޫނީ ދާއިރާއިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް