ads
ހުޅުމާލޭ ފަޅުން ހިއްކަން މަޝްވަރާކުރާ ސަރަހައްދު ރަތްކުލައިން
ހުޅުމާލޭ ހުޅަނގު ފަޅުން ބޮޑުބައެއް ހިއްކަން މަޝްވަރާކުރަނީ
ބޯހިޔާވަހިކަމަށް، ހާއްސަކޮށް، ހުޅުމާލޭ ފޭސް ދޭއްގެ ހުޅަނގު ފަޅުން ބޮޑުބައެއް ހިންކަން ސަރުކާރުން ނިންމާ އެކަމާގުޅޭ މަޝްވަރާތައް ކުރަމުން ގެންދާކަން ބައެއް މަސްދަރުތަކުން ބުނެފިއެވެ.
Advertisement

މި މަޝްރޫއާ އުޅޭގޮތުން ހުޅުމާލޭ ހިންގާ އާބަންކޯއިން މާބޮޑު ވާހަކައެއް ނުދައްކައެވެ. ނަމަވެސް ހުޅުމާލެ އިތުރަށް ހިއްކުމަށް އާބަންކޯއާއެކު ސަރުކާރުން ވާހަކަ ދައްކަމުން އަންނަކަމަށް އެކުންފިނިން ބުނެއެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހުޅުމާލޭ ދެ ފިޔަވަހި ބައިކުރާ ހިސާބުން ފެށިގެން އުތުރަށް އޮތް ހުޅުމާލޭ ހުޅަނގުފަޅު އެއްކޮށް ހިއްކާށެވެ. އެއީ ފަރުކޮޅު ފުއްޓާއި ގުޅިފައިވާ ފަޅުގެ ބައެވެ.

ހުޅުމާލޭ މާސްޓަ ޕްލޭންގައި ވާގޮތުން އެ ސަރަހައްދަކީ ބައިނަލްއަގްވާނީ ކުރޫޒް ބަނދަރެއް ތަރައްގީ ކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެކެވެ.

މާލޭ ރައްޔިތުންނަށް މާލޭ ސަރަހައްދުން ގޯތި ކަނޑާ މި އަހަރު ދިނުމަކީ ސަރުކާރުގެ ވައުދެކެވެ. އެ ވައުދުގެ ތެރެއިން ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށް މިހާރުވަނީ ނިންމާފައެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެ ފަޅުން ބައެއް ހިއްކަނީ ހުޅުމާލެއިން ދޫކުރާ ގޯތީގެ އަދަދު އިތުރު ކުރުމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް