ads
ހާދިސާގެ ވީޑިއޯއިން ނަގާފައިވާ މަންޒަރެއް
މީހެއްގެ އަތުން ފޭރިގެން ދުވި ދެމީހުން މަރުވެގެން ވެއްޓިއްޖެ
ބްރެޒިލްގެ މަގެއްގެ މަތިން ދިޔަ މީހެއްގެ އަތުން ފޭރިގެން ދުވި ދެމީހުން ދުވެ ފިލަނިކޮށް މަރުވެގެން ވެއްޓޭ ވީޑިއޯއެއް އާއްމުވެއްޖެވެ.
Advertisement

ވީޑިއޯއިން ފެންނަނީ މަގެއްގެ މަތިން ހިނގާފައި ދިޔަ މީހެއްގެ ކައިރިއަށް ސައިކަލެއްގައި ދިޔަ ދެމީހުން ކައިރިކޮށް، އޭނާގެ އަތުން ފޭރިގެން ފިލަން އުޅޭ މަންޒަރެވެ. 

ސައިކަލުން އެކަކު ފޭބުމަށް ފަހު، އެމީހާގެ އަތުން ފޭރުމަށްފަހު ސައިކަލަށް އަރަން މަސައްކަތް ކުރުމުން އޭނާ ކޮށްޕާލުމުން ސައިލަކާއެކު ދެމީހުން ވެއްޓޭ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

އެހިސާބުން ފިލަންވެގެން ދެ މީހުން ދުއްވާގަންނަ މަންޒަރުވެސް ފެނެއެވެ. ނަމަވެސް މާ ދުރަށް ނުދެވެނީސް ފެންނަނީ ދެ މީހުންވެސް މަރުވެގެން ވެއްޓޭ މަންޒަރެވެ.

ފަހުން އެނގުނު ގޮތުގައި މިއީ ބްރެޒިލްގެ ސައު ޕްއުލޯގެ މެޓްރޮޕަލިޓަން އޭރިޔާގައި މީގެ ދެ ދުވަސްކުރިން ހިނގި ހާދިސާއެކެވެ. 

ފޭރިގެން ދުވި ދެ މީހުން މަރުވަނީ އެސަރަހައްދަށް އެވަގުތު އާދެވުނު މުނިސިޕަލް ސިވިލް ގާޑް އެމީހުން ހުއްޓުވުމަށް ބަޑި ޖެހުމުންނެވެ. ވީޑިއޯ އާއްމުވުމުން ފުލުހުންވެސް ބުނެފައިވަނީ ދެ ކުށްވެރިން މަރުވީ ގާޑު ބަޑިޖެހުމުން ކަމަށެވެ.

މި ވީޑިއޯއަށް ކޮމެންޓްކުރި ބައެއް މީހުން ބުނީ އެމީހުންނަކީ ފޭރޭ ބައެއް ނަމަވެސް އެމީހުން އަތުގައި ނުރައްކާތެރި ހަތިޔާރެއް ނެތް ހާލަތެއްގައި އެމީހުން ގަޔަށް ބަޑި ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

56%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް