
ގްރޫޕް ސްޓޭޖުގައި އާބަންކޯއިން ކުޅޭ ފަހު މެޗުގައި ރޭ ވަނީ ތިން ސެޓު އެއް ސެޓުން ޕޮލިސް ބަލިކޮށްފައެވެ. އެއީ 25-14، 25-21، 21-25 އަދި 25-18 އިންނެވެ. އާބަންކޯ އަތުން ބަލިވިނަމަވެސް ޕޮލިސްއަށްވެސް ސެމީން ފުރުސަތު ލިބުނެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަތައް ހޯދީ ގްރޫޕް އޭ އިން އާބަންކޯ އާއި ޕޮލިސް އެވެ. ގްރޫޕް ބީން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެލް/ސިފައިން) އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އެވެ.
ތިން ސެމީ ފައިނަލް ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، މާދަމާ ހަވީރު ކުޅޭނީ ދެ ގްރޫޕްގެ ވެސް ދެ ވަނަ އެވެ. އެއީ ވެމްކޯ އާއި ޕޮލިސް އެވެ. އެރޭ ކުޅޭ ސެމީ މެޗުން ސިފައިންނާއި އާބަންކޯ ކުޅެގެން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. މި މެޗުން ބަލިވާ ޓީމެއް ޖެހޭނީ ވެމްކޯ އާއި ޕޮލިސް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ތިން ވަނަ ސެމީގައި ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށެވެ. ފައިނަލް މެޗު އޮތީ އަންނަ އާދިއްތަ ދުވަހުގެރޭގަ އެވެ.