ads
ފަސްޓްލޭޑީ ފަޒްނާ
ކުޑަކުދިންނަށް ޒިންމާނަގަން ދަސްކޮށްދޭން ޖެހޭ: ފަސްޓްލޭޑީ
ކުޑަކުދިން ބޮޑުވެގެން ޒިންމާދާރު ބަޔަކަށް ވުމަކީ ގިނަ މީހުން ދަރިންނާމެދު ދެކޭ ހުވަފެނަކަށް ވާއިރު އެންމެ ތުއްތު އިރުން ފެށިގެންވެސް އެ ފުރުސަތުތައް ކުދިންނަށް ދިނުމަކީ މުހިންމުކަމެއްކަމަށާއި، މިގޮތުން ބަސްބުނުމުގެ ހައްގާއި އެކުދިން ދެކޭގޮތް ހާމަކުރުމުގެ ފުރުސަތު އެންމެ ފުޅާދާއިރާއެއްގައި ކުދިންނަށް ދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ފަސްޓްލޭޑީ ވިދާޅުވީ ރަނގަޅު ކާނާ ލިބުމަކީ ކުދިންގެ ހައްގެއް ނަމަވެސް ރަނގަޅު ކާނާ ލިބުނީމާ އެތަކެތި އިސްރާފު ނުކުރުމަކީ ކުދިންނަށް އޮތް ޒިންމާއެއްކަމަށާއި ރަނގަޅު ތައުލީމެއް ލިބުމަކީ ކުދިންގެ ހައްގެއް ނަމަވެސް ސްކޫލުން ދޭ ފިލާވަޅުތައް ފަރުވާތެރިކަމާއެކު ދަސްކުރުމާއި، މުދައްރިސުން ފިލާވަޅު ނަގާދޭއިރު ސަމާލުކަން ދިނުމާއި، ސްކޫލަށް ބޭނުންވާ ތަކެތި ދަބަހަށް އަޅާ ތައްޔާރު ކުރުން ފަދަ ކަންކަމަކީ ކުދިންގެ ޒިންމާއެއް ކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ.

ފަސްޓްލޭޑީ އިތުރަށް ވިދާޅުވިގޮތުގައި އެކަމަނާގެ އުންމީދަކީ ކޮންމެ ކުއްޖަކީވެސް އިތުބާރުހިފޭ، ކޮންމެ ކަމެއްގައިވެސް އޮތް އެންމެ ރަނގަޅު ގޮތް ހިޔާރުކުރާ، އަނެކާއަށް އަޅާލުން ފަދަ ރަނގަޅު އާދަތައް ހަރުލާފައިވާ ކުދިބަޔަކަށްވުން ކަމަށެވެ. 

އަދި ޒިންމާދާރު ރައްޔިތަކަށް ވެވޭނީ އޭރުން ކަމުގައި ފަސްޓްލޭޑީ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް