ads
ޑެނީ އަލްވޭސް
ކަފާލާތުގެ ދަށުން ޑެނިއަލްވޭސް ދޫކޮށްލަން ދެވަނަ ފަހަރުވެސް ދެކޮޅު ހަދައިފި
ރޭޕުގެ ތުހުމަތުގައި މިދިޔަ ޖަނަވަރީ މަހުން ފެށިގެން ހައްޔަރުކޮށްފައިވާ ބްރެޒިލްގެ ޑެނީ އަލްވޭސް ކަފާލާތުގެ ދަށުން ދޫކޮށްލަން ދެކޮޅު ދެވަނަ ފަހަރުވެސް ފަނޑިޔާރު ދެކޮޅު ހަދައިފިއެވެ.
Advertisement

އުމުރުން 40 އަހަރުގެ ޑެނީ އަލްވޭސް ހައްޔަރުކޮށްފައިވަނީ ބާސެލޯނާގެ ނައިޓްކްލަބެއްގައި އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ހިނގި ކަމަށް ބުނާ މި ހާދިސާއާ ގުޅިގެން ޑެނީ އަލްވޭސް ބަންދުކޮށްފައިވާއިރު ކަފާލާތުގެ ދަށުން ދޫކޮށް ދިނުމަށް ފުރަތަމަ ފަހަރު އެދުނު އެދުމަށްވެސް ޕްރޮސިކިއުޝަނުންވަނީ ދެކޮޅު ހަދާފައެވެ. އަދި ދެވަނަ ފަހަރަށް އެދުމުންވެސް ކަފާލާތުގެ ދަށުން ދޫކޮށްލަންވަނީ ދެކޮޅު ހަދާފައެވެ. 

ބާސެލޯނާއާ ޕީއެސްޖީއަށް ކުޅުނު ޑިފެންޑަރުގެ މައްޗަށް ކުރެވޭ ރޭޕްގެ ތުހުމަތުގެ ޝަރީއަތް އަދި ނުފެށެއެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ ދޫކޮށްލުމަށް ޕްރޮސިކިއުޝަނުން ދެކޮޅު ހަދަނީ ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އޭނާ ދޫކޮށްލުމަކީ "ހައި ރިސްކް" ކަމެއް ކަމުގައި ބެލެވޭތީއެވެ. 

ސްޕެއިންގައި ޑެނީ އަލްވޭސް ބަންދުކޮށްފައި ހުރިިއިރު، ބެލެވޭ ގޮތުގައި ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލައިފިނަމަ ސްޕެއިން ދޫކޮށް އޭނާ ފުރައިގެން ގޮސްފާނެއެވެ. އަދި އެހެން ވެއްޖެނަމަ މައްސަލަ ދެން ކުރިއަށް ގެންދެވޭނެ ގޮތެއް ނޯވެދާނެތީ އޭނާ ދޫކޮށްލަން ފަނޑިޔާރު ބޭނުން ނުވަނީއެވެ. 

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް