ads
އެމްޓީޑީސީ: މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 112 މިލިއަން ރުފިޔާ ލިބިފައިވޭ.
އެމްޓީޑީސީން 20 މިލިއަން ރުފިޔާ ބަހަނީ
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މިދިޔަ އަހަރުގެ ފައިދާއިން 20 މިލިއަން ރުފިޔާ ބެހުމަށް ހިއްސާދާރުންނަށް ހުށައަޅަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

މިއަދަދުގެ ފައިދާއެއް ބަހާނީ އަހަރީ އާއްމު ޖަލްސާގައި ފާސްވުމުން ނެވެ.


މިދިޔަ އަހަރު އެމްޓީޑީސީ އަށް ފައިދާގެ ގޮތުގައި 2.9 މިލިއަން ޑޮލަރު (44.5 މިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީޑީސީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން،

  • 2021 ވަނަ އަހަރު ފައިދާގެ ގޮތުގައި 10.2 މިލިއަން ޑޮލަރު (156.6 މިލިއަން ރުފިޔާ) ލިބިފައިވޭ
  • މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 2.9 މިލިއަން ޑޮލަރު (44.5 މިލިއަން ރުފިޔާ)
  • މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު 112 މިލިއަން ރުފިޔާގެ ދަށްވުމެއް

ފާއިތުވެދިޔަ އަހަރު އެމްޓީޑީސީއަށް ލިބުނު ފައިދާ ދަށްވި ނަމަވެސް އެ ކުންފުނީގެ އާމްދަނީ ވަނީ އިތުރުވެފައެވެ.

  • 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 7.3 މިލިއަން ޑޮލަރު (112 މިލިއަން ރުފިޔާ) ވަނީ ލިބިފައި
  • 2021 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.4 މިލިއަން ޑޮލަރު (21.4 މިލިއަން ރުފިޔާ)

އާމްދަނީ އިތުރުވި ނަމަވެސް ލިބުނު ފައިދާ އެހާ ބޮޑަށް ދަށަށް ގޮސްފައިވަނީ ކުންފުނީގެ ހިންގުމުގެ ހަރަދު ބޮޑުވެފައިވާތީއެވެ. އެގާރަ އަހަރަށްފަހު އެމްޓީޑީސީއަށް ފައިދާ ވާން ފަށާފައިވަނީ އެ ކުންފުނިން ލީޒްކޮށްފައިވާ ރަށްތަކުގެ އެގްރިމެންޓްތައް ކުރިން ހުރިވަރަށްވުރެ ފައިދާވާ ގޮތަށް 2021 ވަނަ އަހަރު ބަދަލުކުރުމާ ގުޅިގެންނެވެ.

އެމްޓީޑީސީން ހިއްސާ ވިއްކަން ފަށާފައިވަނީ 2007 ވަނަ އަހަރުގައެވެ. އެ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އެ ކުންފުނިން ހިއްސާއެއް ވިއްކަމުން އައީ 100 ރުފިޔާއަށް ކަމަށް ވީނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ހިއްސާއެއްގެ މޫނުމަތީ އަގު 10 ރުފިޔާއަށް ވަނީ ބަދަލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް