ads
އިންޓަގެ ކުޅުންތެރިން
ޗެމްޕިއަންސް ލީގު: މިލާން ބަލިކޮށް އިންޓަ ފުރުސަތު ބޮޑުކޮށްފި
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި އޭސީ މިލާން ބަލިކޮށް، އިންޓަމިލާނުން ފައިނަލުގެ ފުރުސަތު ބޮޑު ކޮށްފިއެވެ.

މިލާންގެ ދެ ޓީމުގެ މެދުގައި ކުޅުނު މެޗުން އިންޓަ މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. މިލާންގެ ދެ ޓީމުގެ ދެ ލެގުވެސް އެއް ދަނޑެއްގައި ކުޅޭއިރު، ރޭގެ މެޗަކީ އޭސީ މިލާންގެ ހޯމް މެޗެވެ. 

ގާތްގަނޑަކަށް 80،000 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މިލާނުގެ ހޯމް މެޗުގައި އިންޓަ ދެ ލަނޑުވެސް ޖެހީ މެޗުގެ ފުރަތަމަ ދިހަވަރަކަށް މިނިޓްގެ ތެރޭގައެވެ. އެއީ އެޑިން ޖެކޯ އަދި ހެންރިކް މިކިތާރްޔަންގެ ގޯލްތަކުންނެވެ.

ރޭގެ ނަތީޖާއާ އެކު، އަންނަ ހަފްތާގައި ކުޅޭ ދެ ވަނަ ލެގުން މިލާނާ އެއްވަރުކޮށްލައިގެން، ނޫނީ އެއް ގޯލުގެ ފަރަގުން ބަލިވެގެން ވެސް އިންޓަ މިލާނަށް 2010 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދޭނެ އެވެ. އިޓަލީގެ ޓީމެއް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެންމެ ފަހުން ކުޅެފައިވަނީ 2016 ވަނަ އަހަރު ޔުވެންޓަސް އެވެ.

ޗެމްޕިއަންސް ލީގުގެ އެއް ސެމީގައި އިޓަލީގެ ދެ ޓީމު ކުޅޭއިރު އަނެއް ސެމީގައި އޮތީ ރިއާލް މެޑްރިޑާ މެންޗެސްޓަ ސިޓީއެވެ. ސިޓީއާ ރިއާލްގެ ފުރަތަމަ ލެގު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް