މި ހިދުމަތް ދެމުން ގެންދާނީ ދާންދޫ ކައުންސިލުން ބުނިގޮތުގައި "ޝާމިލް ހިދުމަތް" ގެ ނަމުގައެވެ.
ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވީ ކައުންސިލުން ހިދުމަތް ދެމުން ގެންދާނީ، އެކަމަށް ރިކުއެސްޓްކުރާ ރައްޔިތުންނަށް ކަމަށެވެ.
މިގޮތުން ކައުންސިލުން ދޭ ހުރިހާ ހިދުމަތެއްވެސް ގެއަށް ގޮސްގެން ދިނުމަށް ނިންމާފައިވާކަމަށް އާސިފް ވިދާޅުވި އެވެ.
އާސިފް ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް އަދި ހާއްސަކޮށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންނަށް، ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.