ads
ހޫގޯ ލޮރިސް
ލޮރިސްއަށްވެސް ސައުދީން ބޮޑު ހުށަހެޅުމެއް
ޓޮޓެންހަމް ހޮޓްސްޕާސްގެ ގޯލްކީޕަރު، ފްރާންސްގެ ހޫގޯ ލޮރިސް އަށް ސައުދީ ކްލަބަކުން ބޮޑު މުސާރައެއް ހުށަހަޅައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ކީޕަރު ލޮރިސްއަށް ސައުދީ ކްލަބަކުން ހުށަހަޅާފައިވަނީ މިހާރު އޭނާއަށް ޓޮޓެންހަމުން ލިބޭ މުސާރައަށްވުރެ ތިން ގުނަ ބޮޑު އަދަދެކެވެ. ޓޮޓެންހަމުން މިހާރު ހަފްތާއަކު 100000 ޕައުންޑް ލޮރިސްއަށް ދެއެވެ.

ފްރާންސްގެ ލިޔޯން ދޫކޮށް، 2012 ވަނަ އަހަރު ޓޮޓެންހަމް އަށް ބަދަލުވި ލޮރިސް، އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ސައުދީގެ ކްލަބެއްގެ ހުށަހެޅުން ލޮރިސްއަށް އައިއިރު، ލޮރިސް އަށް އާ ކޮންޓްރެކްޓެއް ދިނުމުގެ ކަންކަން ޓޮޓެންހަމް އިން ވަނީ މަޑުޖައްސާލާފައެވެ.

ލޮރިސް މި ވަގުތު ހުރީ އަނިޔާގައެވެ. މި އަހަރުގެ ކުރީކޮޅު ފްރާންސް ގައުމީ ޓީމުން ރިޓަޔާކުރި، ލޮރިސް، 36، ކުޅުމާ ދުރަށްދާން ޖެހުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ނިއުކާސަލް ޔުނައިޓެޑް އަތުން ޓޮޓެންހަމް 6-1 އިން ބަލިވި މެޗުގަ އެވެ.

ސައުދީގެ ކްލަބަކުން ލޮރިސްއަށް ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، ސައުދީން އަންނަނީ ޔޫރަޕްގެ ނަން މަޝްހޫރު ކުޅުންތެރިންނަށް ބޮޑެތި ހުށަހެޅުންތައް ހުށަހަޅަމުންނެވެ. މިހާރުވެސް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީގައި ކުޅެމުން އަންނައިރު، ރޮނާލްޑޯއަށް ދޭ މުސާރަށްވުރެ ބޮޑު ހުށަހެޅުމެއް މެސީއަށް މިހާރުވެސްވަނީ ސައުދީން ހުށަހަޅާފައެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް