ads
ޑރ.މުހައްމަދު މުއިއްޒު
ހުޅުމާލޭން ހިއްކަން އުޅޭ ފަޅުއޮތީ ކައުންސިލްގެ އިހްތިސޯސްގައި: މުއިއްޒު
ހުޅުމާލެއިން ހިއްކަން މަޝްވަރާ ކުރަމުން އަންނަ ފަޅުގެ ސަރަހައްދުގެ އިހުތިސޯސް އާބަންކޯއަށް ނެތްކަމަށާއި އެ ފަޅުގެ އިހްތިސޯސް އޮތީ މާލޭ ސިޓީ ކައުންސިލަށް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

މުއިއްޒު ވިދާޅުވީ ހުޅުމާލޭ ފަޅު ހިއްކުމަށް މަސައްކަތް ކުރަނީ ލާމަރުކަޒީ ގާނޫނާއި ހިލާފަށް، އަދި ހުޅުމާލޭ މާސްޓަ ޕްލޭނާވެސް ހިލާފަށް ކަމަށެވެ.

"ހިއްކަން އުޅޭކަމަށް ބުނާ ސަރަހައްދަކީ މާލެ ސިޓީ ކައުންސިލްގެ އިހުތިސޯސް ގެ ތެރޭގައި ހިމެނޭ ސަރަހައްދެއް،" - މުއިއްޒު

މީގެއިތުރުން ފަޅު ހިއްކުމާގުޅޭ އެއްވެސް ކަމެއްގައި މިހާތަނަށް ސަރުކާރުން މާލޭ ސިޓީ ކައުންސިލާއި މަޝްވަރާ ކޮށްފައި ނުވާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަށް، ހާއްސަކޮށް، ހުޅުމާލޭ ފޭސް ދޭއްގެ ހުޅަނގު ފަޅުން ބޮޑުބައެއް ހިންކަން ސަރުކާރުން ނިންމާ އެކަމާގުޅޭ މަޝްވަރާތައް ކުރަމުން ގެންދާކަން އެނގުނީ އިއްޔެއެވެ. 

 މަޝްރޫއާ އުޅޭގޮތުން ހުޅުމާލޭ ހިންގާ އާބަންކޯއިން މާބޮޑު ވާހަކައެއް ނުދައްކައެވެ. ނަމަވެސް ހުޅުމާލެ އިތުރަށް ހިއްކުމަށް އާބަންކޯއާއެކު ސަރުކާރުން ވާހަކަ ދައްކަމުން އަންނަކަމަށް އެކުންފިނިން ބުނެއެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހުޅުމާލޭ ދެ ފިޔަވަހި ބައިކުރާ ހިސާބުން ފެށިގެން އުތުރަށް އޮތް ހުޅުމާލޭ ހުޅަނގުފަޅު އެއްކޮށް ހިއްކާށެވެ. އެއީ ފަރުކޮޅު ފުއްޓާއި ގުޅިފައިވާ ފަޅުގެ ބައެވެ.

ހުޅުމާލޭ މާސްޓަ ޕްލޭންގައި ވާގޮތުން އެ ސަރަހައްދަކީ ބައިނަލްއަގްވާނީ ކުރޫޒް ބަނދަރެއް ތަރައްގީ ކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެކެވެ.

މާލޭ ރައްޔިތުންނަށް މާލޭ ސަރަހައްދުން ގޯތި ކަނޑާ މި އަހަރު ދިނުމަކީ ސަރުކާރުގެ ވައުދެކެވެ. އެ ވައުދުގެ ތެރެއިން ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށް މިހާރުވަނީ ނިންމާފައެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެ ފަޅުން ބައެއް ހިއްކަނީ ހުޅުމާލެއިން ދޫކުރާ ގޯތީގެ އަދަދު އިތުރު ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް