ads
ލޯބި ވެވިއްޖެ ޕޯސްޓަރެއް
ހަތަރު އަނބިން ގޮވައިގެން ފިލްމަށް ދާން އޮލިމްޕަސް އެއްކޮށް ނެގުމުން ދިޔައީ ދެ އަނބިން
ދިވެހި ވިޔަފާރި ވެރިއަކު އޭނާގެ ހަތަރު އަނބިން ގޮވައިގެން "ލޯބި ވެވިއްޖެ" ފިލްމަށް ދާން އޮލިމްޕަހުގެ ޝޯއެއް އެއްކޮށް ނަގައިފިއެވެ.

ޝޯ އެއްކޮށް ނެގުމަށް އޭނާ ވަނީ 50000 ރުފިޔާ ހަރަދުކޮށްފައެވެ. 

މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ޝޯއަށް، ހަތަރު އަނބިންނަށް ދައުވަތު ދިން ނަމަވެސް، ފިރިމީހާއާއި އެކު ފިލްމު ބަލަން ދިޔައީ އޭގެތެރެއިން ދެ އަނބިންނެވެ. އަނެއް ދެ އަނބިން ފިލްމަށް ނުދިޔަ ސަބަބެއް ސާފެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ހަތަރު އަނބިންނާއެކު ފިލްމަށް ދިއުމަށް، ޕްރައިވެޓް ޝޯއަކަށް އޮލިމްޕަސް އެއްކޮށް ނެގީ މާލޭގައި ގަހަނާގެ ވިޔަފާރިވެސް ކުރާ ނަން މަޝްހޫރު ވިޔަފާރިވެރިއެކެވެ.

ޕްރޮޑިއުސަރު ޝާނީޒް އަލީ ޕްރޮޑިއުސްކޮށް އަލީ ސީޒަން ޑައިރެކްޓް ކޮށްފައިވާ "ލޯބި ވެވިއްޖެ" ޝޯތައް މިހާރު އޮލިމްޕަހުގައި ދައްކަމުން ގެންދާއިރު، ޓިކެޓެއް ވިއްކަމުން ގެންދަނީ 150 ރުފިޔާއަށެވެ. 

ނަމަވެސް ޕްރައިވެޓް ޝޯއެއްގެ ގޮތުގައި ޝޯ އެއްކޮށް ނަގާނަމަ ޑިސްކައުންޓާއިއެކު 50000 ރުފިޔާއަށް ޝޯ އެއްކޮށް ވިއްކައެވެ.

16%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް