ads
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން
އޭޖީގެ އިތުބާރު ނެތްކަމަށް ސޮއިކުރެއްވި އަދަދު ހުށަހެޅުއްވި ބޭފުޅުނަށް ޔަގީނެއްނޫން!
ބަންޑާރަ ނައިބު އިބްރާހިމް ރިފައްތުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު މަޖިލީހަށް، ހުށަހެޅުއްވި މައްސަލާގައި ސޮއި ކުރެއްވި އަދަދު އެމައްސަލަ ހުށަހެޅުއްވި ބޭފުޅުންނަށްވެސް ޔަގީން ނުވާކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުގެ 10 މެމްބަރުންގެ ސޮޔާއިއެކު ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދޭނެ އެވެ.

އިދިކޮޅު ޕީޕީއެމް، ޕީއެންސީ، ޖޭޕީ އަދި އެމްއެންޕީގައި މިވަގުތު 13 މެންބަރުން ތިއްބަވާއިރު، އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޖޭޕީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ސޮއެއް ނުކުރައްވައެވެ. 

ރައީސް މުހައްމަދު ނަޝީދު ފިކުރެއްގެ ދިރުން ފެކްޝަންގައި 12 މެންބަރު ތިއްބަވާއިރު އިދިކޮޅު ފަރާތްތަކުން މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފެކްޝަނުން ވެސް ބައިވެރިވި އެވެ.

މިއުވާން ވިދާޅުވީ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފެނިގެން ދިޔައީވެސް އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވި އަދަދު އެބޭފުޅުންނަށްވެސް ސާފު ނުވެގެން އުޅޭ މަންޒަރު ކަމަށެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރަން މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުން ބޭނުންވާނެއެވެ.

13%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
63%
ވަރަށް ސަލާމް
ކޮމެންޓްސް