ads
ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2022ގެ ތެރެއިން
ކުޅުދުއްފުށީ ޗެމްޕިއަންޝިޕް އަންނަ މަހު
ކުޅުދުއްފުށި ޗެމްޕިއަންޝިޕް އަންނަ މަހު ކުރީކޮޅު ފަށަން ތައްޔާރުވެއްޖެއެވެ.

ކުޅުދުއްފުށި ޗެމްޕިއަންޝިޕަކީ ކުޅުދުއްފުށީގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު އަތޮޅުތެރޭގައި ހަތަރު ކުލަބަކަށް ދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުންވަނީ ނިންމާފައެވެ. 

ކުޅުދުއްފުށި ޗެމްޕިއަންޝިޕް ކާމިޔާބު ކުރާ ޓީމަކަށް ޓީމަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާއިރު ރަނަރަޕު ޓީމަށް ހުށަހެޅިފައިވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

ކުޅުދުއްފުށި ޗެމްޕިއަންޝިޕް ފުރަތަމަ ބޭއްވީ މިދިޔަ އަހަރުއެވެ. މިމުބާރާތަކީ ކުޅުދުއްފުށީގެ ކުލަބު ޖަމިއްޔާތަކަށް ހާއްސަކޮށް ބާއްވާ މުބާރާތެއް ނަމަވެސް، މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށް އަވައްޓެރި ރަށްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ކައިރި ރަށްރަށުގެ ޖަމިއްޔާތަކަށް ދައުވަތު ދިނުމަށް ވިސްނާކަމުގައި މިދިޔަ އަހަރުވެސް މޭޔަރު މުހައްމަދު އާތިފު ވަނީ ވިދާޅުވެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތުގައި ކުޅުދުއްފުށީން ބައިވެރިވެވަފައިވަނީ ކުލަބް ކޮރަލްސް އާއި ޒިގްޒެގް ފޯ ޔޫތް ލިންކޭޖް، ހިރަފުސް ސްޕޯޓްސް ކުލަބު އަދި މާއްޓޭ ސްޕޯޓްސް ނެވެ. މިއަހަރުގެ މުބާރާތް ފަށަން ތާވަލުކޮށްފައިވަނީ ޖޫންމަހުގެ ތިންވަނަ ދުވަހު އެވެ.

ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ދެވަނަ މުބާރާތް ބާއްވަން ތައްޔާރުވެފައިވާއިރު، ކުޅުދުއްފުށްޓަކީ ފުޓްބޯޅައިގެ ފޯރި ގަދަ ރަށެވެ. 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް އެ ރަށުގައި ބޭއްވިއިރު، ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް