ads
ޕޫޓިން އަދި ޓްރަމްޕް
24 ގަޑިއިރު ތެރޭގައި ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ ނިންމާލާނަން: ޓްރަމްޕު
ވެރިކަން ލިބިލައްވައިފި ނަަމަ ރަޝިޔާ އާއި ޔޫކްރޭންގެ ހަނގުރާމަ 24 ގަޑިއިރުގެ ތެރޭގައި ނިންމާލާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓްރަމްޕު ވިދާޅުވެއްޖެއެވެ.

މިކަން ހާސިލް ކުރުމަށްޓަކައި ޓްރަމްޕް ވިދާޅުވީ ރަޝިޔާ އާއި ޔޫކްރޭންގެ ރައީސް ވްލަޑިމިރޮވިޗް ޕޫޓިން އާއި ވޮލޮޑިމިއާ ޒެލެންސްކީއާ އެކު މަޝްވަރާއެއް ބާއްވަވާނެ ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ބުދަ ދުވަހު ސީއެންއެންގެ ޓައުން ހޯލެއްގައި ނިއު ހެމްޝަޔާ ސްޓޭޓްގެ ލައިވް އޯޑިއަންސެއްގެ ކުރިމަތީގައި ތަގުރީރު ކުރައްވަމުންނެވެ. 

“އަޅުގަނޑު ޕޫޓިންއާ ބައްދަލުކުރާނަން. ޒެލެންސްކީއާ ބައްދަލުކުރާނަން. ދެ ބޭފުޅުން ވެސް ބަލިކަށިކަންތައްތަކެއް ހުރިއިރު ދެ ބޭފުޅުންގެ ވެސް ވަރުގަދަ ކަންތައްތަކެއް ވެސް އެބަހުރި. އަދި 24 ގަޑިއިރުގެ ތެރޭގައި އެ ހަނގުރާމަ ހައްލުކުރެވޭނެ. ނިމޭނެ،” ޓްރަމްޕް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ ރައީސް ނަމަ ޕޫޓިން އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ. ޓްރަމްޕު އިތުރަށް ވިދާޅުވީ އޭނާ ވެރިކަމުގައި ހުންނެވިނަމަ އެ ހަނގުރާމަ ފެށުނަ ނުދެއްވީސްކަމަށެވެ. 

ޓްރަމްޕު މިވާހަކަ ފުޅު ދެއްކެވީ ވަރަށް ވެސް ހައްސާސް ވަގުތެއްގައެވެ. އެއީ އޭނާގެ މައްޗަށް އެމެރިކާގެ ކޯޓެއްގައި ޖިންސީ ފުރައްސާރަ ކުރިކަން ސާބިތުވެ ފަސް މިލިއަން ޑޮލަރުން އޭނާ ޖޫރިމަނާ ކޮށްފައިވަނިކޮށެވެ. 

ޓްރަމްޕު ގެންދަވަނީ 2024 ވަނަ އަހަރު އޮންނަ އެމެރިކާގެ ރިސާސީ ރޭހުގައި ވާދަކުރުމަށް ކެމްޕޭނު ކުރައްވަމުންނެވެ.  

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް