ރޭ ލެވަކޫސަންއާ ރޯމާ ކުޅުނު މެޗުން ރޯމާ މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. އެހެންކަމުން އަންނަ ހަފްތާގައި ލެވަކޫސަން ދަނޑުގައި އެއްވަރުކޮށްލައިގެން ވެސް ރޯމާ ފައިނަލުން ފުރުސަތު ލިބިގެންދާނެ އެވެ. ރޯމާ ވަނީ މިދިޔަ އަހަރު ޔުއެފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްފަ އެވެ.
ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗު މި މެޗުގައި ރޯމާ އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ 62 ވަނަ މިނިޓްގައި އެޑޮއާޑޯ ބޯވްއެވެ. މިއީ އުމުރުން 20 އަހަރުގެ ބޯވް ޔޫރަޕްގެ މުބާރާތެއްގައި ޖެހި ފުރަތަމަ ލަނޑެވެ.
ސެމީގެ އެއް މެޗުގައި ރޯމާއާ ލެވަކޫސަން ކުޅުނުއިރު އަނެއް މެޗުގައި ކުޅުނީ ޔުވެންޓަސްއާ ސެވިއްޔާއެވެ. މި މެޗު ނިމުނީ އެއްވަރު ވެގެންނެވެ.