ads
ޔުވެންޓަސް ސެވިއްޔާ މެޗުގެ ތެރެއިން
ފަހު ވަގުތު ޔުވެންޓަސް ސަލާމަތްވެއްޖެ
ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ޔުވެންޓަސް އާއި ސެވިއްޔާ އެއްވަރުވެއްޖެ އެވެ.

ޔުވެންޓަސްއާ ސެވިއްޔާގެ މެޗު އެއްވަރުވީ ބުރާސްފަތި ދުވަހުގެ ރޭ އެއް ލަނޑު އެއް ލަނޑުންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު ޔުވެންޓަސް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގެ ވެސް ހަތް ވަނަ މިނިޓްގަ އެވެ.

ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ޓީމު ސެވިއްޔާ އިން މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހައި ކުރި ހޯދީ މޮރޮކޯގެ ފޯވާޑް، ޔޫސެފް އެން-ނެސީރީގެ ގޯލުން ލީޑުނެގި އެވެ. މިއީ ލޫކަސް އޮކަމްޕޯސް ނެގި ހުރަހަކަށް އަރައި، އެން-ނެސީރީ ޖެހި ގޯލެކެވެ. މި ނަތީޖާއާއެކު މެޗު ނިމިދާނެ ކަމަށް ބެލެވިފައިވަނިކޮށް، ޔުވެންޓަސްއިން އެއްވަރު ކުރީ އެންމެ ފަހު ވަގުތުއެވެ.

އިތުރު ވަގުތުގައި ފެޑެރީކޯ ގައްޓީ ޖެހި ގޯލުން މެޗު އެއްވަރުވުމުން ދެވަނަ ލެގަށް ދާއިރު ޔުވެންޓަސްވަނީ އުއްމީދު ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް