ads
ބްރެޒިލްގެ ފުޓްބޯޅަ ސަޕޯޓަރުންތަކެއް
ބްރެޒިލްގައި މެޗް ފިކްސިންގެ ބޮޑު މައްސަލައެއް ތަހުގީގުކުރަން ފަށައިފި
ބްރެޒިލްގައި މެޗް ފިކްސިންގެ ބޮޑު މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ.
Advertisement

ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަންގެ އެދުމަކުން، މެޗް ފިކްސިންގެ މި ބޮޑު މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ބްރެޒިލްގެ ފެޑެރަލް ޕޮލިސް އަދި އެ ގައުމުގެ ޖަސްޓިސް މިނިސްޓްރީ ގުޅިގެންނެވެ. 

ބްރެޒިލްގެ ޓޮޕް ޑިވިޝަންގެ ބައެއް ކުޅުންތެރިން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މި ސީރިއަސް މައްސަލައާ ގުޅިގެން ބައެއް ކްލަބުތަކުގެ ބައެއް ކުޅުންތެރިން މިހާރުވެސްވަނީ ސަސްޕެންޑްކޮށްފައެވެ. ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، މެޗް ފިކްސިންގައި ބައިވެރިވި އެއްވެސް ކުޅުންތެރިއަކަށް ބްރެޒިލްގެ ފުޓްބޯޅައިގެ އެއްވެސް މިންވަރެއްގެ ބައިވެރިވުމެއް ނުލިބޭނެ ކަމަށެވެ. މައްސަލަ ތަހުގީގު ކުރުމަށް ފަހު، މެޗް ފިކްސިންގައި ބައިވެރިވެފައިވާ ކުޅުންތެރިން އުމުރަށް ސަސްޕެންޑް ކުރާނެ ކަމަށް ބެލެވެއެވެ. 

ބްރެޒިލްގެ ޕްރޮސިކިއުޓަރުންނާ ހަވާލާދީ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މެޗް ފިކްސް ކުރުމުގައި ބައިވެރިވި އެއް ކުޅުންތެރިއަކުވަނީ ރަތް ކާޑެއް ހޯދުމަށް 100000 ޑޮލަރުގެ ރިޝްވަތެއް ނަގާފައެވެ. މި ކޭސްގައި މެޗުގެ ކުރިން އެ ކުޅުންތެރިޔާއަށް 10000 ޑޮލަރު ދީފައިވާ ކަމަށާއި އަދި އެ މެޗުގައި ރަތް ކާޑެއް އެ ކުޅުންތެރިޔާ ގަސްތުގައި ހޯދާފައިވާކަން މިހާތަނަށް ހޯދި ހޯދުންތަކުން ސާބިތުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ކުޅުންތެރިޔާގެ ނަން ހާމަ ނުކުރިނަމަވެސް އޭނާވަނީ ކްލަބުން މިހާރު ސަސްޕެންްޑްކޮށްފައެވެ. 

މެޗް ފިކްސިންގެ މި ތުހުމަތުތަކާ ގުޅިގެން ކުރަމުންދާ ތަހުގީގުތަކަށް ފަހު، ފީފާއަށްވެސް އެ މައްސަލަތައް ހުށަހަޅާނެ ކަމަށް ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުންވަނީ ބުނެފައެވެ. 

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް