ads
ހޭންޑްބޯލް ޓީމު ޑާކާއަށް ފުރުމުގެ ކުރިން
17 އަދި 19 އަހަރުން ދަށުގެ އަންހެން ހޭންޑްބޯލް ޓީމު ޑާކާއަށް
ބަންގްލަދޭޝްގައި މާދަމާ ފަށާ އައިއެޗްއެފް ޓްރޮފީ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ 17 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމު މިއަދު ހެނދުނު ޑާކާ އަށް ފުރައިފި އެވެ.

މާދަމާއިން ފެށިގެން މި މަހުގެ 17 އަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް އަށް ގައުމަކުން ވާދަކުރާނެ އެވެ. އެއީ ނޭޕާލް، ސްރީ ލަންކާ، އިންޑިއާ، ބޫޓާން، ބަންގްލަދޭޝް، އަފްގާނިސްތާން އަދި ޔަމަން އެވެ.

މި މުބާރާތުގައި ވާދަކުރާ ދިވެހި 17 އަހަރުން ދަށުގެ ޓީމުގެ ކޯޗަކީ ހަސަން ފަހީމް އެވެ. 19 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް އިސްމާއިލް ޒައިދު ހުރިއިރު، އެސިސްޓަންޓް ކޯޗަކީ މުހައްމަދު ހަސަން އެވެ.

ގައުމީ 17 އަހަރުން ދަށުގެ އަންހެން ހޭންޑް ބޯޅަ ޓީމު

އައިޝަތު އައިނީ ހުސެއިން، ފާތިމަތު އަމާނީ އަހުމަދު ޝިޔާމް، ފާތިމަތު އަޝާ ރަޝީދު، އައިޝަތު އީޝަލް އަލީ، އައިމިނަތު ލަ އާލީ ހަލީލް، ފާތިމަތު ލީމް ރިޝާދު، މަރިޔަމް މާހާ ސުހައިލް، މީފާ ބިންތި މަޖީދު، ހައްވާ މިލްހާނާ މުހައްމަދު މާހިރު، އައިޝަތު ޔަފް އާ އަހުމަދު، އައިޝަތު ޒިއާނާ ރިޔާޒު، ތީބާ އަބްދުﷲ، ފާތިމަތު ރަޔާ ރަމީޒް، އައިނާ ލަތީފް

ގައުމީ 19 އަހަރުން ދަށުގެ އަންހެން ހޭންޑް ބޯޅަ ޓީމު

އައިޝަތު އިބާ އަހުމަދު، އައިޝަތު އީޝާ، އައިމިނަތު އިބާ އިބްރާހިމް، ފާތިމަތު ޝާޔާ މުހައްމަދު، އައިޝަތު ރަނާ ނަސީރު، ފާތިމަތު ލީމް ބިންތި ޔާސިރު، މަރިޔަމް ޔާނާ ނާސިހު، އީނާ އަހުމަދު، ޒުހާ ރަޝީދު، ފާތިމަތު ތުހުފާ، ނޫރާ އަބްދުލް ހަމީދު، މަނާލް އިސްމާއިލް ރަޝީދު، އަރީން އަހުމަދު އަބްދުﷲ، މަރިޔަމް ލީން އަހުމަދު

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް