
އޭނާ ރާއްޖެއައިސް ފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.
ޝިވާންގީގެ ފޮޓޯތައް އިންސްޓަގްރާމްއަށް ލަމުން ދިޔަ ނަމަވެސް، އޭނާ ހުރީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް ހާމައެއް ނުކުރެއެވެ. އެނާއާއެކު އޭނަގެ އާއިލާ ބައެއް މެންބަރުން ވެސް ވަނީ ރާއްޖެއައިސްފައެވެ.
ޝިވާންގީގެ އުފަން ދުވަހަކީ މޭ 18 ވަނަ ދުވަހުއެވެ.
ޝިވަންގީ ވަރަށް އަވަހަށް އެކްތާ ކަޕޫރުގެ ކުރިއަށް އޮތް ޝޯއިން ފެންނާނެ ކަމަށް އަޑު ވަނީ ފެތުރިފަ އެވެ. މި ޝޯގައި ކުޝަލް ޓަންޑަންއާ އެކު ބަތަލާ ފެނިގެންދާނެ ކަމަށް އަޑު ފެތުރިފައިވާއިރު، އޭނާ ކުޅޭނީ ނޫސްވެރިއެއްގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ނަމަވެސް މިހާތަނަށް މި ހަބަރާއި ގުޅޭ އެއްވެސް ޔަޤީންކަމެއް އޭނާ ނުދެއެވެ. ޝިވަންގީ އެންމެ ފަހުން ފެނިފައިވަނީ ކަލާސް ޓީވީގެ ޝޯ "ބެކަބޫ" އިން ކެމިއޯއެއް ރޯލުންނެވެ.