ads
ޕްރިޔަންކާ ޗޯޕްރާ
ހާއްސަ މީހަކަށްޓަކައި ޕްރިޔަންކާ ފިލްމު ކުޅުން ހުއްޓާލަފާނެ، އެއީ ކާކުކަން އެނގޭތަ؟
ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޕްރިޔަންކާ ޗޯޕްރޯ ދާދިފަހުން ދިން އިންޓަވިއުއެއްގައި ވަނީ އޭނާ ވަރަށް ހާއްސަ މީހަކަށްޓަކައި ފިލްމުކުޅުން ހުއްޓާލައި ކެރިއަރުވެސް ދޫކޮށްލަފާނެކަމަށް ބުނެފައެވެ.

މިގޮތުން ޕްރިޔަންކާ ބުނީ "މޯލްޓީ އަށް ޓަކައި އޭނާ ފިލްމުކުޅުން ވެސް ހުއްޓާލަން ޖެހިއްޖެ ނަމަ އޭނާ އެކަން ކުރުން ތައްޔާރަށް ހުރި" ކަމަށެވެ. 

މޯލްޓީ އަކީ އެނާގެ އަންހެން ދަރިފުޅެވެ. އޭނާ ދަރިއަކު ހޯދާފައިވަނީ އުމުރުން 40 އަހަރުގައި ސެރޮގޭޓު ކޮށްގެނެވެ. 

މިގޮތުން ޕްރިޔަންކާގެ ދަރިފުޅު މޯލްޓީއާއެކު ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އޭނާ ވަނީބުނެފައެވެ. 

ޕްރިޔަންކާ މިހެން ބުނި ނަމަވެސް އޭނާގެ ދަރިފުޅު މޯލްޓީ މާރީ ޗޯޕްރާ ޖޯނަސްގެ އުމުރަކީ އަދި އެންމެ އަހަރެކެވެ. އެނާ ބުނީ އެނާގެ މައިންބަފައިން ވެސް އޭނާއާއެކު ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރާ ހަނދާން އޭނާ ހުންނަކަމަށެވެ.

ޕްރިޔަންކާ ޗޯޕްރާ މީގެ ފަސް އަހަރު ކުރިން ނިކް ޖޯނަސްއާ ކައިވެނި ކުރިއިރު، މިދިޔަ އަހަރު އެ ދެމަފިރިން ވަނީ ސެރޮގޭސީ މެދުވެރިކޮށް ދަރިއަކު ލިބޭކަން އިއުލާންކޮށްފަ އެވެ. ނިކް އާއި ކައިވެނީގެ ތެރޭގައި ޕްރިޔަންކާއަށް ގިނަ ފާޑުކިއުންތަކެއް ކުރިމަތިވިއެވެ. އެއީ ނިކް ޖޯނަސް އޭނާއަށް ވުރެ އުމުރުން 10 އަހަރުގެ ކުޑަވީމައެވެ. 

29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް