ads
ތުއްތު ކުއްޖާ ފަސްޓްލޭޑީއަށް ފިނިފެންމާ ވެދުމަށް އަރުވަނީ
ފަސްޓްލޭޑީއަށް ލިބުނު ފިނިފެންމާ
ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ގއ ގެމަނަފުށީގައި ބޭއްވި ހަރަކާތުގައި ތުއްތު ކުއްޖަކު، ފަސްޓްލޭޑީ ފަޒްނާ އަހުމަދަށް ވެދުމަށް އެރުވި ފިނިފެންމަލަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
Advertisement

ދިވެހި ފުލުހުންގެ ހިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މިއަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ގއ ގެމަނަފުށީގައި ހުކުރު ދުވަހު ބޭއްވި ކުޑަކުދިންގެ ހަވީރު ހުޅުއްވާދެއްވާ ޝަރަފުވެރިކޮށްދެއްވީ ފަސްޓްލޭޑީ ފަޒްނާ އަހުމަދެވެ.

މި ކުޑަކުދިންގެ ހަވީރުގައި ގެމަނަފުށީގެ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކުޑަކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފަ އެވެ.

މި ހަރަކާތުގެ ތެރެއިން އެންމެންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ތުއްތު ކުއްޖަކު ފަސްޓްލޭޑީއަށް ވެދުމަށް އެރުވި ފިނިފެން މަލެވެ.

your imageފަސްޓްލޭޑީ ފިނިފެންމާ ހިއްޕަވައިގެން

ކަރުދާހުން ހަދާފައިވާ ރީތި ފިނިފެންމާ ފަސްޓްލޭޑީ ވަނީ ހަރަކާތުގެ ތެރޭގައި ގެންގުޅުއްވާފައެވެ.

ގެމަނަފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޔުނިސެފް މޯލްޑިވްސްއިން ރާއްޖޭގެ ސްކޫލްތަކަށް ހުޅުވާލައިގެން ބޭއްވި ކުރެހުމުގެ މުބާރާތުގެ ކުރެހުންތައް ދައްކާލުމަށް ގެމަނަފުށީ ސްކޫލުގައި ހުޅުވާފައިވާ އާރޓް އެގްޒިބިޝަނަށް ޒިޔާރަތްކުރައްވައި ދަރިވަރުންގެ ކުރެހުންތައް ބައްލަވާލައްވާފައެވެ.

36%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
36%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް