ads
އެތްލެޓިކްސްގެ އިވެންޓެއްގެ ތެރެއިން
އިންޓަސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް މާދަމާ ފަށަނީ
އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް 47 ސްކޫލަކާ އެކު މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

މާދަމާއިން ފެށިގެން މި މަހުގެ 19 އިގެ ނިޔަލަށް އޮންނަ އެތުލެޓިކްސް މުބާރާތުގައި 1،495 ކުދިން ވާދަކުރާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުންޏެވެ. 

އެތްލެޓިކްސް ޗެމްޕިއަންޝިޕް އޮންނާނީ ހުޅުމާލޭގައެވެ.  އިންޓަ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި މާލޭގެ 22 ސްކޫލަކާއި އައްޑޫގެ ނުވަ ސްކޫލެއްގެ އިތުރުން ކުޅުދުއްފުށީގެ ތިން ސްކޫލް އަދި އެހެން އަތޮޅުތަކުގެ 13 ސްކޫލް މި އަހަރުގެ މުބާރާތުގައި ވާދަކުރެ އެވެ.

މިދިޔަ އަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލްތަކަކީ ގދ. އަތޮޅު ތައުލީމީ މަރުކަޒާއި ފުވައްމުލަކުގެ މުހައްމަދު ޖަމާލުއްދީން ސްކޫލެވެ. ގދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ މިދިޔަ އަހަރުގެ 17 އަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެ މޮޅު ސްކޫލުގެ މަގާމުގެ އިތުރުން 15 އަހަރުން ދަށުގެ ފިރިހެން ބައިން ދެ ވަނަ އާއި އަންހެން ބައިން ތިން ވަނަ އަދި 17 އަހަރުން ދަށުގެ އަންހެން ބައިން ތިން ވަނަ ސްކޫލުގެ މަގާމު ވެސް ހޯދައިފަ އެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރަތަކީ އެންމެ ގިނަ އެތުލީޓުން ގައުމީ ފެންވަރުގައި އެ ކުޅިވަރުގެ ތެރެއަށް ނުކުންނަ މުބާރާތެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލު ކުރާނެ ގިނަ އެތުލީޓުންނެއް މި މުބާރާތުން ވަނީ ނެރެދީފަ އެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކުރީ 47 ސްކޫލަކުން 1،839 ކުދިންނެވެ. އެ އަހަރުގެ މުބާރާތުގައި އެތުލީޓުން 32 ރެކޯޑެއް ހަދައި ގިނަ ރެކޯޑްތަކެއް ވެސް މުގުރައިލި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް