ads
ޕްރިޔަންކާ ދިއްލީ އެއާޕޯޓްގައި
ކޮއްކޮގެ އެންގޭމެންޓަށް ޕްރިޔަންކާ ދަމުން ފިރިމީހާ ނުގެންދިޔަ
ކޮއްކޮ ޕަރްނީތީ ޗޯޕްޅާއާއި ރާދަވްގެ އެންގޭޖްމަންޓް ޕާޓީއަށް މިއަދު ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްޅާ ފިރިމީހާ ނިކް ޖޯނަސްއާއި ނުލައި ދިއުމުން ފާޑުކިއުން އަމާޒުވެއްޖެއެވެ.
Advertisement

މިއަދު ކުރިއަށްދާ އެންގޭޖްމަންޓް ހަފްލާއަށް ޕްރިޔަންކާ ދިއްލީއަށް ދިޔައީ އިިއްޔެ އެވެ. ޕްރިޔަންކާ ދިއްލީ އެއާޕޯޓަށް ފެއިބުމާއެކު އެންމެވެސް އަޅައިގަތީ އާއިލީ ބޮޑު ހަފްލާއަށް ފިރިމީހާ ނުގެނައިކަމެވެ.

ރިޕޯޓްތައް ބުނާގޮތުން ޕްރިޔަންކާގެ ފިރިމީހާ ނިކް މި ހަފްލާއަށް ދިއުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް އޭނާއަށް ހަފްލާއަށް ނުދެވުނީ ވިޔަފާރީގެ ބައެއް ކަންކަމުގައި މާކުރިން ހަމަޖެހިފައިހުރި އެޕޮއިންޓްމަންޓްތަކެއް މިއަދަށް ހުރުމުންނެވެ.

ނަމަވެސް ފާޑުކިޔާ މީހުން އެކަން ގަބޫލެއް ނުކުރެއެވެ. އެމީހުން ބުނަނީ އަނބިމީހާގެ ކޮއްކޮގެ އެންގޭޖްމަންޓް ހަފްލާއަށް ވުރެ ވިޔަފާރި މުހިއްމު ނުވާނެކަމަށެވެ.

މިއާއެކު ބައެއް މީހުން ވަނީ މިދިޔަ މަހު ނީތާ އަންބާނީގެ ކަލްޗަރަށް ސެންޓަރު ހުޅުވުމުގެ ހަފްލާއަށް އައިޝްވާރިޔާ ރާއީބަޗަން ފިރިމީހާ އަބީޝޭކް ބަޗަން ނުލައި ދިޔަގޮތަށް، ޕްރިޔަންކާ ދިޔައީ ކަމަށްވެސް ބުނެފައެވެ.

ފާޑުކިޔާ ބައެއް މީހުން ބުނަނީ ޕްރިޔަންކާގެ ކޮއްކޮގެ އެންގޭޖްމަންޓަށް ނިކް ނުދާނީ ވަރަށް ބޮޑު ކަމެއް ދިމާވުމުން ކަމަށެވެ. އަދި ދެ މީހުންގެ ދެމެދުގައި މައްސަލައެއް އުޅެނީތޯ ބައެއް މީހުން ވަނީ ސުވާލު ކޮށްފައެވެ.

33%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް