ޔޫވީއާ ސަސް މިއަދު ހަވީރު ކުޅުނު މެޗުން ސަސް މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ. މިއީ ލީގުގައި ސަސް ކުޅުނު ދެވަނަ މެޗެވެ.
ސަސް ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އާ ވާދަކޮށް ފަސް ލަނޑު އެއް ލަނޑުން މެޗު ކާމިޔާބު ކޮށްފަ އެވެ. ޔޫވީގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅެ ބަލިވީ 7-2 އިންނެވެ. ސަސްއާ ދެކޮޅަށް ކުޅުނު މެޗަކީ ޔޫވީގެ ދެވަނަ މެޗެވެ.
ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުގައި ސަސްގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ ކުރީކޮޅު އަލީ ނަސޫހު ރަޝީދު (ޕިލާ) އެވެ. ސަސްގެ ދެވަނަ ގޯލު މެޗުގެ 43 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމަކުން ޖަހައިދިނީ އައިހު އެވެ. ސަސްގެ ފަހު ލަނޑު 64 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ނަސޫހު އެވެ.
ލީގުގައި ސަސް ދެން ކުޅޭނީ މާޒިޔާއާއެވެ. ޔޫވީ ކުޅޭނީ ގްރީންއާއެވެ. އަންނަ ހަފްތާގެ މެޗުތަކަށް ފަހު ލީގު ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މެދު ކަނޑާލާނެއެވެ.