ads
މާޒިޔާ ޓީމުގެ ކުޅުންތެރިން
ގްރީން އަތުން މާޒިޔާއަށް ފަސޭހަ މޮޅެއް
ދިވެހި ޕްރިމިއާ ލީގުގައި ޑިފެންޑިން ޗެމްޕިއަން މާޒިޔާއިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓްސް ބަލިކޮށްފިއެވެ.

ގްރީން ސްޓްރީޓްސްއާ މާޒިޔާ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން މާޒިޔާ މޮޅުވީ ފަސް ލަނޑު ސުން ލަނޑުންނެވެ. މިއީ މާޒިޔާއިން ލީގުގައި ކުޅުނު ދެވަނަ މެޗެވެ. އަދި ދެވަނަ މޮޅުވެސް މެއެވެ. ގްރީންގެވެސް މިއީ ދެވަނަ މެޗެވެ. ގްރީންވަނީ ފުރަތަމަ މެޗުންވެސް ބަލިވެފައެވެ.

މާޒިޔާ އިން ގްރީންއާ ދެކޮޅަށް ފެށީ ބިދޭސީ އެއްވެސް ކުޅުންތެރިއެއް ނުލައެވެ. މެޗު ފަށައިގެން 16 ވަނަ މިނިޓްގައި މާޒިޔާ އަށް ލީޑުނަގައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އޭގެ އިރުކޮޅެއް ފަހުން މާޒިޔާއިންވަނީ ފުލުފުލުގައި ތިން ލަނޑު ޖަހާފައެވެ. އެއީ ސެންޓޭ، ހަމްޕު އަދި ސަމުއްޓެ ޖެހި ލަނޑުތަކެވެ. މާޒިޔާގެ ފަހު ލަނޑު ޖެހީ ހަމްޕުގެ ބަދަލުގައި ކުޅެން އެރި ސާބިއާގެ ފޯވާޑް ސްޓެފަން މިހަލޮވިޗް އެވެ.

އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީ އަތުން 7-2 އިން މޮޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް