
ޓެމިލް ފިލްމުތަކުން މަޝްހޫރުވި ބަތަލާ ބަނޑުބޮޑުކަން އިއުލާން ކުރުމުން ގިނަ ބަޔަކު ހައިރާންވިއެވެ. ސަބަބަކީ އޭނާ އިދިވެސް މީހަކާ ނީންނާތީއެވެ.
މިއަދު އޭނާ ވަނީ ކަޅުކުލައިގެ ފިޓް ހެދުމެއްގައި ސްލިޓެއް ޖަހާފައިވާ ފޮޓޯތަކަކާއެކު އެނާގެ ބަނޑު ދައްކާލާފައެވެ.
ރިޕޯޓުތައް ބުނާގޮތުން އެނާގެ ބަނޑަށް ގާތްގަނޑަކަށް ފަސް މަސް ދުވަސް މިހާރު ވަނީ ފެފައެވެ.
އިލިއާނާ ބަލިވެ އިންކަން އިއުލާނުކޮށްފައިވާއިރު، އޭނާ އަކީ އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން މާގިނަ ވާހަކަތަކެއް ހާމަކުރާ މީހެއް ނޫނެވެ.
ބަތަލާ ކެޓްރީނާ ކައިފްގެ ބޭބެ ސެބަސްޓިއަން ލޯރެންޓް މިޝެލް އާއި ރައްޓެހިވެގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެ ހަބަރަށް އިތުރު ޔަގީންކަމެއް ލިބިގެން ދިޔައީ ރާއްޖޭގައި ކެޓްރީނާ ކައިފްގެ 39 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި އޭނާ ފެނުމުންނެވެ.
އިލިއާނާ ޑިކްރޫޒް އަކީ އިންޑިއާއަށް އުފަން ޕޯޗުގީޒް ބަތަލާއެކެވެ. އޭނާ ގިނައިން ފެނިގެންދަނީ ޓެލެގޫ އަދި ހިންދީ ބަހުގެ ފިލްމުތަކުންނެވެ. މުމްބާއީއަށް އުފަން ޑިކްރޫޒް ކުޑައިރުގެ ބޮޑު ބައެއް ހޭދަކުރީ ގޯއާގަ އެވެ.