ads
ތޫފާ އަރާފައިވާ ސަރަހައްދެއް
ތޫފާނުގެ ނުރައްކާ ބޮޑު، ވައި ގަޑިއަކު 137 މޭލު ބާރުމިނުގައި!
ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ތޫފާން "މޮކާ"ގެ ބާރު ގަދަވެ ނުރައްކާވެފައިވާކަމަށް ސަރަހައްދީ މޫސުމާބެހޭ އިދާރާތަކުން ބުނެފިއެވެ.

ޖޮއިންޓް ޓައިފޫން ވޯނިން ސެންޓަރުން ބުނެފައިވާ ގޮތުގައި ތޫފާނުގެ ވައި ގަޑިއަކު 137 މޭލަށް ގަދަވާނެ އެވެ. އަދި ތޫފާން ބާރުގަދަވަމުން ދާއިރު ތޫފާން މިހާރު ދަތުރުކުރަމުން ދަނީ ގަޑިއަކު ހަތް މޭލު ބާރުމިނުގައިކަމަށްވެސް އެއިދާރާއިން ބުނެއެވެ.

މިޔަންމާގެ ހުޅަނގުގެ ރަކީން ސްޓޭޓަށް މާދަމާ ހެނދުނު ތޫފާން ފޯރާއިރު، ބަނުގުލަދޭޝްގެ އައްސޭރިފަށާއި ކޮކްސް ބާޒާރު އަސަރައްދަށްވެސް މާދަމާ ހެނދުނު ތޫފާން ފޯރާނެކަމަށް މޫސުމާބެހޭ އިދާރާތަކުން ބުނެއެވެ.

ކޮކްސް ބާޒާރު ސަރަހައްދަކީ މިޔަންމާ ދޫކޮށް ބަނގުލަދޭޝްއަށް ހިޖުރަކުރި މިއަންމާގެ މުސްލިމުން އުޅޭ ރެފިއުޖީ ކޭމްޕްތައް ހުންނަ ސަރަހައްދެވެ. އެ ސަރަހައްދަށް މާދަމާ ތޫފާން އަރާނެކަމަށް ލަފާކުރެވޭތީ ބަނގުލަދޭޝްގެ ސަރުކާރާއި އެހީދޭ ޖަމާއަތްތަކުން މިހާރުވެސް ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

ފޫފާން އަރާވަގުތު އައްސޭރުފަޅުގެ ސަރަހައްދުތަކަށް ގެއްލުން ވާނެކަމަށް ލަފާކުރެވޭއިރު، 2.7 މީޓަރުގެ އުސް ރާޅުވެސް ތޫފަނުގެ ސަބަބުން އުފެދޭނެކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

15%
ކަމުގޮސްފި
44%
އަޑުއެހިތާ މިހުރީ
26%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް