ads
ރާއްޖެއާ ބަންގްލަދޭޝް މެޗުގެ ތެރެއިން
ހޭންޑްބޯލް ދެ ޓީމުވެސް ފުރަތަަމަ މެޗުން ބަލިވެއްޖެ
އައިއެޗްއެފް ޓްރޮފީގައި ވާދަކުރަމުން އަންނަ ރާއްޖޭގެ އަންހެން ދެ ޓީމު ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވެއްޖެއެވެ.

އައިއެޗްއެފް ޓްރޮފީގައި ވާދަކުރަމުން އަންނަ ރާއްޖޭގެ އަންހެން ދެ ޓީމަކީ ޔޫތު އަދި ޖޫނިއާ ހޭންޑްބޯޅަ ޓީމެވެ. އެއީ 17 އަހަރުން ދަށުގެ ޓީމާ 19 އަހަރުން ދަށުގެ ހޭންޑް ބޯލް އަންހެން ޓީމެވެ. ދެ ޓީމުވެސް ފުރަތަމަ މެޗުަގއި ކުޅުނީ ބަންގަލަދޭޝްއާ ދެކޮޅަށެވެ.

ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމް ބަލިވީ 10-48 އިންނެވެ. އަދި 19 އަހަރުން ދަށުގެ ޓީމް ބަލިވީ 21-38 އިންނެވެ. މި ދެ މެޗަކީ ގައުމީ ޓީމެއްގައި ހިމެނި ޒުވާން ދެ ޓީމުގެ ހުރިހާ ކުޅުންތެރިން ބައިނަލްއަގްވާމީ މައިދާނުގައި ކުޅުނު ފުރަތަމަ މެޗެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އިއްޔެ ފެށި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝް، އިންޑިއާ އަދި ނޭޕާލް އެވެ. ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ޔޫތު ޓީމާއި ޖޫނިއާ ޓީމް ވަނީ ބައިވެރިވެފަ އެވެ.

މި މުބާރާތުގެ ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ރާއްޖެ ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ. ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ މާދަމާ ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

ރަސްމީ ދަތުރެއްގައި ބަންގްލަދޭޝްއަށް ވަޑައިގެން އުޅުއްވާ ނައިބު ރައީސް ފައިސަލް ނަސީމްވަނީ އިއްޔެގެ މެޗުގެ ކުރިން ޓީމާ ބައްދަލުކުރައްވައި، ކާމިޔާބު ހޯދަން ހިތްވަރުދެއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް