ads
އެމްއެންޔޫގެ ގްރޭޖުއޭޝަންގެ ތެރެއިން: ފޮޓޯ އެމްއެންޔޫ
ފައިސާ ނުދައްކާ ދަރިވަރުންނަށް ފިޔަވަޅު އެޅޭގޮތަށް އުސޫލު ބަދަލުކޮށްފި
ސަރުކާރުން ފޯރޮކޮށް ދެމުން ގެންދާ ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުގައި އެއްވެސް ސަބަބަކާހުރެ އަނބުރާ ސަރުކާރަށް ފައިސާ ދައްކަން ޖެހޭ ދަރިވަރުންގެ ތެރެއިން ފައިސާ ނުދައްކާ ދަރިވަރުންނަށް، ޤާނޫނީ އަދި އުސޫލީ ފިޔަވަޅު އެޅޭގޮތަށް ގަވާއިދު ބަދަލުކޮސްފި އެވެ.
Advertisement

އިސްލާހުކޮށް އަލުން ގެޒެޓްކުރި ގަވާއިދުގައި ވާގޮތުން ކިޔަވަން ފެށިމަށްފަހު ކޯސް ދޫކޮށްލުމުން ނުވަތަ އެހެން ސަބަބަކާ ހުރެވެސް އަނބުރާ ސަރުކާރަށް ފައިސާ ދެއްކުމަށް އަންގާ ދަރިވަރުން އެފައިސާ އަނބުރާ ދެއްކުމަށް އާ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. 

އަދި ފައިސާ ސަރުކާރަށް ދައްކަން ޖެހޭ މުއްދަތުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

ގަވާއިދުގައި ބުނެފައިވާގޮތުން ގަވާއިދުން އަނބުރާ ފައިސާ ނުދައްކާ ދަރިވަރުންނަށް، އިތުރަށް ސަރުކާރުން އިއުލާންކުރާ މަތީ ތައުލީމުގެ ފުރުސަތުތައް ނުލިބޭނެ އެވެ. އަދި އެ ދަރިވަރަކާމެދު ގާނޫނީ ޝަރުއީ ފިޔަވަޅު އެޅުމުގެ ބާރު ސަރުކާރަށް ލިބިގެން ވެއެވެ.

ފައިސާ އަނބުރާ ދައްކަން ޖެހޭ ދަރިވަރުން ފައިސާ ދެއްކުމަށް ކެޓަގަރީތަކެއް ކަނޑައަޅާފައިވާއިރު އެކަމަށް މުއްދަތުތަކެއްވެސް ވަނީ ގަވާއިދުގައި ކަނޑައަޅާފައެވެ. އާ ގަވާއިދުގައި ކުރީގެ ގަވާއިދަށް ވުރެ މުއްދަތުތައް ކުރުކޮށްފައިވާއިރު އިތުރު ކެޓަގަރީތައްވެސް ވަނީ ހިމަނާފައެވެ.

ހަޔަ އެޑިއިކޭޝަން މިނިސްޓްރީ ގަވާއިދަށް ބަދަލު ގެނެސްފައިވާއިރު ހިލޭ ފްރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދޭން ފެށީ 2019 ވަނަ އަހަރުން ފެށިގެންނެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް