ads
އުކުޅަހު ބަނދަރުގައި އަޅާފައިވާ ސަފާޜީ.
ރާ ވިއްކާ ކަމަށް ތުހުމަތުވާ ސަފާރީ އުކުޅަހުގެ ބަނދަރުން ނެރެން އަމުރުކޮށްފި
ރާ ވިއްކާ ކަމަށް އއ. އުކުޅަހު ރައްޔިތުން ތުހުމަތު ކުރާ ސަފާރީ އެރަށު ފަޅުތެރެއިން ނެރުމަށް ކޯޓުން އަމުރު ކޮށްފި އެވެ.
Advertisement

އުކުޅަސް ފަޅުގައި އަޅާފައި އޮތް "ޒެޑް ކްރޫޒާ" ސަފާރީން ރަށުތެރެއަށް ރާ ވިއްކާ ކަމުގެ ތުހުމަތުކޮށް ރަށު ރައްޔިތުން އިހްތިޖާޖް ކުރަމުން އަންނަނިކޮށް 24 ގަޑިއިރުގެ ތެރޭގައި އެ ސަފާރީ ރަށުގެ ފަޅު ތެރެއިން ނެރެން އެ ރަށު މެޖިސްޓްރޭޓް ކޯޓުން ވަނީ ރޭގެ ވަގުތެއްގައި އަމުރުކޮށްފަ އެވެ. 

ސަފާރީ ރަށުގެ ފަޅުތެރެއިން ނެރެން 24 ގަޑި އިރު ދިން ނަމަވެސް އެ ވަގުތުގެ ތެރޭގައި އެއްވެސް މޫސުމީ އެލާޓެއް ނެރެފި ނަމަ 24 ގަޑިއިރު ގުނާނީ އެވަތު އުނިކޮށްފައި ކަމަށް ސީއެންއެމްއަށް މައުލޫމާތި ލިބެ އެވެ. 

އުކުޅަހަކީ ގެސްޓް ހައުސް ވިޔަފާރި ކުރާ ރަށެއްނަމަވެސް ރަށުތެރޭގައި ސަފާރީތައް ބާއްވައިގެން ރާ ވިއްކާ ރަށެއް ނޫނެވެ.

ނަމަވެސް އެރަށު ފަޅުތެރޭގައި އޮތް ސަފާރީއަކުން ބަނގުރާ ވިއްކާކަމުގެ ތުހުމަތު މީގެކުރިވެސް ކުރެވުނެވެ. އެމައްސަލަ ފުލުހުންށާއި ކައުންސިލަށްވެސް ކުރިން ހުށަހެޅިއެވެ.

މީގެ ކުރިން އުކުޅަހު ކައުންސިލުން ބުނީ އެ ސަފާރީއަކީ މަރާމާތަށް އެރަށަށް އައި ސަފާރީއެއް ކަމަށާއި ކޯޓު އަމުރެއް ލިބުމުން ސަފާރީ ނެރޭނެ ކަމަށެވެ. 

ސަފާރީ އިން ރާ ވިއްކާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ ބަޔަކު މިމަހުގެ 11 ވަނަ ދުވަހު ވަނީ ކައުންސިލުގެ ދޮރުމައްޗަށް ބޮއްކުރައެއްވެސް އެހެލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް